ވަޒީފާގެ ފުރުޞަތު
ނަންބަރު: MPBA/IUL/2026/1004
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 13 އޮގަސްޓް 2026 14:00
މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ނެޝަނަލް ބިލިއަޑު ސެންޓަރ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ

 މަހަކު -/8,000 (އަށްހާސް) ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

 ނެޝަނަލް ބިލިއަޑު ސެންޓަރ، މާލެ

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން ސީ ނުވަތަ އެއަށްވުރެ މަތިން  ލިބިފައިވުން. އަދި ސެކަންޑަރީ ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" ، "އިސްލާމް" މި ދެމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1-    މެންބަރުންނަށް ދޭންޖެހޭ އެންމެހައި ހިދުމަތްތައް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ދެވޭކަން ކަށަވަރުކޮށް އަދި ނެޝަނަލް ބިލިއަޑު ސެންޓަރުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައްކުރުން

2-    އެސޯސިއޭޝަންއިން ބާއްވާ މުބާރާތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

3-    އެސޯސިއޭޝަންގެ މަސައްކަތްތަކާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި އެންމެހައި ކަންކަން ވިލަރެސްކުރުން

4-    އެސޯސިއޭޝަން ހުޅުވައި ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުމާއެކު ދަށުން މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓުން

5-    އެސޯސިއޭޝަން ހިންގުމަށްޓަކައި މެނޭޖްމަންޓުން ލަފާދޭ ގޮތުގެމަތިން އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީން

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަނޅަށް ބޭނުން ކުރަން އެގުން

- ޑިއުޓީ އުސޫލުން ޝިފްޓް ޑިއުޓީތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން

- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިއުންތައް

- ވަނަވަރު (ސީވީ)

- އައި.ޑީ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތައް (އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް)

- އީމެއިލް ފޮނުވަންވާނީ ހުރިހާ ހުރިހާ ޑޮކިއުމަންޓްތައް އެއް ޑޮކިއުމަންޓް އެއްގޮތުގައި PDF ކޮށްފައެވެ.

ސުންގަޑި:

- މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.

09 އޮގަސްޓް 2026