ވަޒީފާގެ ފުރުޞަތު
ނަންބަރު: 922-IUL-2026-027
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 17 އޮގަސްޓް 2026 14:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

`

 

 

ކުރިނބީ ސްކޫލް

  ހދ. ކުރިނބި / ދިވެހިރާއްޖެ     

                       ނަންބަރު:922-IUL-2026-027

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-454297

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 4 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުރިނބީ ސްކޫލް / ހދ. ކުރިނބި

މުސާރަ:

8505.00 ރުފިޔާ

ޖޮބް އެލަވަންސް:

2555.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ.

ޙާޒިރީ އިނާޔަތުގެ ގޮތުގައި ޙާޒިރުވާ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއިން މުސްކުޅިކުރަންޖެހޭ މުވައްޒަފުން މުސްކުޅިކުރުމުގެ މަސައްކަތް ވިއުގަތެރެއިން ނިންމުމުގެ އެންމެހާ މަސައްކަތެއްކުރުންވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ސިވިލް ސަރވިސް މުވައްޒަފުން އައްޔަންކުރުމުގެ އުސޫލުގެ ދަށުން މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި މުވައްޒަފުންނަށް މަޤާމާއި މުސާރަ އާއި އިނާޔަތްތަކާއި، އަދި ކުރި އެރުން ދިނުމާއިބެހޭ އެއްމެހާ ކަންތައް ހިންގައި ބެލެހެއްޓުން.
  3. ސްކޫލުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން ޖެމްސް، އީމެއިލް އަދި އެހެނިހެން ގޮތް ގޮތުން ސްކޫލްގެ އެންޓްރީއަށް ލިބޭ ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ ތަކެތި ގަވާއިދުން އެންޓްރީކުރުމާއި ހަވާލުވެފައިވާ ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާފަރާތްތަކަށް ހަވާލުކޮށް ލިޔެކިޔުންތައް ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން.
  4. މުވައްޒަފުން ހުށަހަޅާ ތަޢުލީމާއި ތަމްރީނުތަކުގެ ސެޓްފިކެޓްތައް ވިއުގައަށް އަޅައި އެ ލިޔުންތައް ޕާސަނަލް ފައިލަށް ފޮނުވުން.
  5. ވިއުގައިން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  6. މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކުރުމާއި ނޯޕޭގެ ލިޔެކިޔުންތައް ތައްޔާރުކޮށް އަދި ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން. (ނޯޕޭލީވް ނަގައިފިނަމަ ކަނޑައެޅިފައިވާ ޤަވާއިދުން ވިއުގައަށް ރެކޯޑްސްތައް އެޅުން)
  7. ކޮންމެ އަހަރެއް ފެށުމުން މުވައްޒަފުންގެ އެޕްރައިޒަލްއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ސްޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
  8. ބިދޭސީ މުވައްޒަފުންނާއި ގުޅޭ އެޗް.އާރުން ބަލަހައްޓަން ޖެހޭ ވިސާ، ޓްރެވެލިންގ އަދި އެހެނިހެން ކަންތައް ޤަވައިދުން ބެލެހެއްޓުން.
  9. ސްކޫލުގެ މުވައްޒަފުންގެ ޕާރސަނަލް ފައިލް ރެކޯޑްސްތައް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުން ގެ ހާޟިރީގެ އެއްމެހާ ކަންކަން ބެލެހެއްޓުން.
  10. ވަޒީފާއާއި ގުޅިގެން ޕްރިންސިޕަލް އަދި އެޑްމިނިސްޓްރޭޓަރ ޙަވާލުކުރައްވާ މަސައްކަތްތައް ކުރުން.
  11. މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ވަނަ ދުވަހު ގަޑީލާރިގެ ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓް ސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން.
  12. މުވައްޒަފުންގެ މުސާރަ ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ ދުވަހަކަށް މުސާރައިގެ އެންމެހައި މަސައްކަތެއް ކުރުމާއި، އެކު އަދި މުވައްޒަފުންގެ މުސާރައިގެ ތަފްސީލް މުވައްޒަފުން ބޭނުން ބޭނުންވެއްޖެ ހިނދެއްގައި މުސާރަ ސްލިޕް ފޯރުކޮށް ދިނުން.
  13. ސްކޫލުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ސޮއި ކުރުވާ ފައިލް ކުރުން.
  14. ދަރިވަރުންގެ ރަޖިސްޓްރީއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން އަދި ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  15. އިތުރު ހަރަކާތްތަކާއި ސްކޫލުގައި ފާހަގަކުރާ މުނާސަބަތުތަކުގައި ވެރިންގެ ލަފާގެ މަތިން އިދާރީ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން އަދި އެހެނިހެން އިދާރީ ކަންކަން ބެލެހެއްޓުމާއި، ޙަވާލުވެ ހުންނަ ވެރިޔާ އިދާރީގޮތުން ޙަވާލުކުރާ މަސައްކަތް ކުރުން.
  16. އެކުލަވާލެވިފައިވާ ތާވަލާއި އެއްގޮތަށް ސްކޫލް ހުޅުވުމާއި ލެއްޕުން.
  17. ސްކޫލްގެ ސްޓޮކް ބެލެހެއްޓުމާއި،ސްކޫލަށް ހޯދާ ތަކެތީގެ ތެރެއިން ސްޓޮކަށް ވައްދަން ޖެހޭތަކެތި ސްޓޮކަށް ވެއްދުމާއި،ސްޓޮކް ބާކީ ޤަވާޢިދުން ބެލެހެއްޓުން.
  18. ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  19. ނީލަން ކިޔަންޖެހޭ ތަކެތި ނީލަމާއި ބެހޭ ޤަވާއިދުތަކާއި އެއްގޮތަށް ނައްތާލުމުގެ މަސައްކަތް ކުރުން.
  20. ސެކްޝަނުން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓް ފޮނުވުން-ބަޖެޓް ރިޕޯޓް، ހާޟިރީ ރިޕޯޓް، ފައިނޭންޝިއަލް ސްޓޭޓްމަންޓް އަދި މިނޫނަސް ފައިސާއާއި ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްގައި ހިމަނަންޖެހޭ ސައްޙަ މަޢުލޫމާތު ހޯދުމަށްފަހު ރިޕޯޓްތައް ހެދުމަށް އަންގާފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތައް ދިވެހިބަހުގެ ހަމަތަކުގެ މަތިން ކުށެއްނުޖަހައި ރިޕޯޓްތައް ތައްޔާރުކުރުން. އަދި ރިޕޯޓްގައި ސޮއިކުރުވަންޖެހޭ ފަރާތެއްވާނަމަ އެފަރާތެއްގެ ސޮއި ކުރުވުން
  21. ފައިސާއާއި ބެހޭ ހުރިހާ ފޮތްތަކެއް ބެލެހެއްޓުން
  22. ތަނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  23. ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.
  24. އެކިގޮތްގޮތުން ސްކޫލަށް ލިބޭފައިސާ ބަލައިގަނެ އޭގެ ހިސާބުތައް ޤަވާއިދުން ބެލެހެއްޓުމާއި އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ ޤަވާޢިދުން ޙަވާލުކުރުން.
  25. ސްކޫލުގެފަރާތުން އިންތިޒާމުކޮށް ބަލަހައްޓަންޖެހޭ ކޮންފަރެންސްތަކާއި، އެކިއެކި ބައްދަލުވުންތަކާއި ފާހަގަކުރަންޖެހޭ ދުވަސްތަކާއި ގުޅޭ މަސައްކަތްކުރުން.
  26. އެކި ފަރާތްތަކަށް ލިޔުންތައް ފެކްސް ކުރުމާއި މެއިލްކުރުން
  27. ސްކޫލަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް، އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން އަމަލުކުރުން
  28. ސްކޫލްގެ ވެރިންގެ ލަފާގެ މަތިން އިދާރީ ލިޔެކިޔުންތަކަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް ބަލަހައްޓަމުން ގެންދިއުމާއި، ހަވާލުކުރެވިފައިވާ ޒިންމާތަކާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެހެލެއްޓުން
  29. ސްކޫލަށް ހޯދޭ ތަކެތި ހޯދުމުގެ މަސައްކަތްތައް ކުރުމާއި، އޭގެ ތެރެއިން ސްޓޮކަށް ވައްދަންޖެހޭ ތަކެތި ސްޓޮކަށް ވައްދައި އަދި ސްޓޮކުން ތަކެތި ދޫކޮށް ސްޓޮކްބާކީ ދިމާކޮށް ބެލެހެއްޓުން
  30.  

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުނ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:-

-          އެޑްމިނިސްޓްރޭޝަން

-          މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ ޝަތުރު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮގަސްޓް 2026 ގެ 14:00 ގެ ކުރިން، ކުރިނބީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާނު އޮންނާނީ، 2026 އޮގަސްޓް 23 އިން 2026 އޮގަސްޓް 31 އާ ދެމެދު، ކުރިނބީ ސްކޫލްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520532 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

1448   B 26

09 އޮގަސްޓް 2026

 

 

ޙުސައިން ނާޡިމް

ޕްރިންސިޕަލް

 

09 އޮގަސްޓް 2026