މަސައްކަތް
ނަންބަރު: (IUL)412/412/2026/48
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 22:52
ސުންގަޑި: 13 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ވެހިކަލްތަކަށާއި، ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ކައުންސިލްގެ ވެހިކަލްތަކަށާއި، ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

  1. ކައުންސިލް ބެލުމުގެ ދަށުގައި ދުއްވާ ވެހިކަލްތަކަށާއި، ކައުންސިލުން ކުރިއަށް ގެންދާ އެކިއެކި އިޖުތިމާޢީ، ޢުމްރާނީ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ޑީސެލް އަދި ޕެޓްރޯލް މީލާދީ 2 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ  09 އޯގަސްޓް 2026 އިން 13 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މި އިޢުލާނާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  13 އޯގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ  ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 16 އޯގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  19 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6820019/7230019
  • އީމެއިލް: [email protected]
07 އޮގަސްޓް 2026