ބީލަން
ނަންބަރު: (IUL)88-PS/88/2026/143
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 23:25
ސުންގަޑި: 23 ނޮވެންބަރު 2026 11:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ (ށ) ނަލަންދޫގައި ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުން.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިން، މިލަދުންމަޑުލު އުތުރުބުރީ (ށ) ނަލަންދޫ ގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި

23 ނޮވެންބަރު 2026ވާ ހޯމަ ދުވަހުގެ ހެނދުނު 11:00

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަނިވި ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މި ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

  އަދި މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 07 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހު އަދި 05 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 06 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހު އަދި 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected]  އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދެމެވެ.

 މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 09 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 22 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު މި ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ.

 މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 18 ނޮވެންބަރު  2026ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

06 އޮގަސްޓް 2026