ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރި (ނ) ފަރުމުލީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
|
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަނިވި ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މި ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
އަދި މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 09 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހު އަދި 14 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 09:00 ގައި ވަރޗުއަލްކޮށް (މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 08 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހު އަދި 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 09 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 16 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު މި ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ.
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 12 ނޮވެންބަރު 2026ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.