ބީލަން
ނަންބަރު: (IUL)88-PS/88/2026/136
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 22:53
ސުންގަޑި: 18 ނޮވެންބަރު 2026 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ ލިސްޓުގައިވާ ރަށްރަށާއި ފަޅުގައި ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މި ވުޒާރާއިން ވަނީ ނިންމާފައެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަނިވި ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މި ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި

18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 09:00

އަދި މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 09 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހު އަދި 14 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 08 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހު އަދި 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected]  އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 09 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 17 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު މި ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ.                

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 15 ނޮވެންބަރު  2026ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

06 އޮގަސްޓް 2026