ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)177-A1/1/2026/40
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 13 އޮގަސްޓް 2026 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް އޮފިސަރ

އިޢުލާނު

މަޤާމު:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-443005

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕަބްލިކް ރިލޭޝަންސް ޔުނިޓް/ ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް، ކ. މާލެ

އަސާސީ މުސާރަ:

މަހަކު 9495 ރުފިޔާ

މަޤާމުގެ އެލަވަންސް

މަހަކު 2850 ރުފިޔާ

ހާޟިރީ އިނާޔަތް

ހާޟިރުވާ ދުވަހަކަށް 75 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން މީޑިއާއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމާއި، މީޑިއާ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން.
  2. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ވެބްސައިޓްގައި ހިމެނޭ މަޢުލޫމާތުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ކުރާ މުހިންމު ކަންކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާ އަދި ވެބްސައިޓް މެދުވެރިކޮށް ޙިއްޞާ ކުރުމުގެ އެންމެހާ ކަންކަން ކުރުން.
  4. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން މަސައްކަތްތަކާއި ގުޅިގެން ޢާންމުންނަށް އެގެންޖެހޭ މަޢުލޫމާތު ހާމަކުރުން، މިގޮތުން ސެންޓަރުގެ ވެބްސައިޓްގައި މިފަދަ ހުރިހާ މަޢުލޫމާތެއް އަޕްޑޭޓްކޮށް ހުރިކަން ޔަޤީންކުރުން.
  5. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ޕޯސްޓްތައް ޑިޒައިންކުރުން
  6. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ބާއްވާ މީޑިއާ އިވެންޓްތަކުގެ މަޢުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ޚަބަރުފަތުރާ ވަޟީލަތްތަކަށް ފޮނުވުން.
  7. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ކުރިއަށްގެންދާ އެކިއެކި އިވެންޓްތަކާއި ގުޅިގެން މީޑިޔާތަކުގައި ޝާއިރުކުރާ ހަބަރުތައް ޔުނިޓްގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން، އާރކައިވްކޮށް ބެލެހެއްޓުން.
  8. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ އެކިއެކި އިވެންޓްތަކުގައި އިންޓަވިއު ނެގުމާއި، ވީޑިއޯ ތައްޔާރުކުރުން.
  9. ފޮޓޯ އަދި ވީޑިއޯ ނެގުމާއި ޢަރުޝީފު ބެލެހެއްޓުން.
  10. މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ރާވައި ހިންގާ އިވެންޓްތަކުގެ މައުލޫމާތު އިސްވެ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ އިވެންޓުތަކަށް ބޭނުންވާ ކަންކަން ރާވައި އިންތިޒާމްކުރުމާއި، ވެބްސައިޓާއި ސެންޓަރުން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓްތަކުގައި އެފަދަ ކަންކަން ދުރާލައި ހިމެނުން.
  12. ޔުނިޓްގެ މަސައްކަތްތަކާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި ރިޕޯޓްތަކާއި އެނޫންވެސް ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  13. ޔުނިޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  14. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ/ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްވަޓައިޒިންގ އެންޑް ގްރެފިކް ޑިޒައިން, އެޑްވަޓައިޒިންގ އެންޑް މަލްޓިމީޑިއާ، އެނިމޭޝަން، އެނިމޭޝަން އެންޑް މަލްޓިމީޑިއާ ޑިޒައިން، އެނިމޭޝަން ޑިޒައިން، އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝަން، ބްރޯޑްކާސްޓް އެންޑް ޑިޖިޓަލް ޖަރނަލިޒަމް، ބްރޯޑްކާސްޓް ޖަރނަލިޒަމް، ކޮމިއުނިކޭޝަން ޑިޒައިން، ކޮމިއުނިކޭޝަންސް، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން، ކްރިއޭޓިވް މަލްޓިމީޑިއާ، ކްރިއޭޓިވް ނިއު މީޑިއާ ޓެކްނޯލޮޖީ، ޑިޒައިން،  ޑިޒައިން އެންްޑް އެޑްވަޓައިޒިންގ، ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން، ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝަންސް،ޑިޖިޓަލް ޑިޒައިން، ޑިޖިޓަލް މާކެޓިންގ، ޑިޖިޓަލް މީޑިއާ ޑިޒައިން، އެޑިޓިންގ އެންޑް ވިޝުއަލް އިފެކްޓް، އިމަރޖިންގ މީޑިއާ، ފައިނޭންޝަލް ޖަރނަލިޒަމް، ގްރެފިކް ޑިޒައިން، ގްރެފިކް ޑިޒައިން އެންޑް ފޮޓޯގްރަފީ، ގްރެފިކްސް އެންޑް މަލްޓިމީޑިއާ، އިލުސްޓްރޭޝަން،

އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން، އިންޓަރެކްޓިވް މީޑިއާ ޕްރެކްޓިސް، އިންވެސްޓިގޭޓިވް ޖަރނަލިޒަމް،

ޖާނަލިޒަމް، ޖަރނަލިޒަމް އެންޑް ކޮމިއުނިކޭޝަން، ޖަރނަލިޒަމް އެންޑް ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްސް، ޖަރނަލިޒަމް އެންޑް މީޑިއާ ސްޓަޑީޒް، މީޑިއާ އެންޑް އާޓްސް ޓެކްނޯލޮޖީ، މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، މީޑިއާ ކޮމިއުނިކޭޝަން، މީޑިއާ ޑިޒައިން، މީޑިއާ ސްޓަޑީޒް، މޯޝަން ޑިޒައިން، މަލްޓިމީޑިއަރ ޑިޒައިން، މަލްޓިމީޑިއާ ޖަރނަލިޒަމް، މަލްޓިމީޑިއަރ ޕަބްލިކް ރިލޭޝަންސް، މަލްޓިމީޑިއަރ ޓެކްނޮޮލޮޖީ، ޕޮލިޓިކަލް ކޮމިއުނިކޭޝަންސް، ޕްރިންޓް ޖަރނަލިޒަމް، ޕަބްލިކް ރިލޭޝަންސް، ސްކްރީން އެންޑް މީޑިއާ، ޓީ.ވީ އެންޑް ރޭޑިއޯ ޖަރނަލިޒަމް، ޓެލެވިޒަން ޖަރނަލިޒަމް، ވިޜުއަލް އާރޓްސް، ވިޝުއަލް ކޮމިއުނިކޭޝަންސް، ވިޝުއަލް ޑިޒައިން، ވިޝުއަލް އިފެކްޓްސް، ވެބް އާޓްސް އެންޑް ޓެކްނޯލޮޖީސް.   

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަބްލިކް ރިލޭޝަންސް
  • ކޮމިއުނިކޭޝަންސް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026  އޯގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް  ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ 2026 އޯގަސްޓް 15 އާއި 2026 އޯގަސްޓް 30 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

06 އޮގަސްޓް 2026