މަސައްކަތް
ނަންބަރު: (IUL)438-ICTU/438/2016/15
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 18 ފެބުރުވަރީ 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް ފަރުމާކޮށްދޭނެ މީހަކު ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް ފަރުމާކޮށްދޭނެ މީހަކު ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް މިމިނިސްޓްރީން ބޭނުންވާ ގޮތަށް އަލުން ފަރުމާކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 01

އުޖޫރަ (މަހަކަށް):  -/30،000 (ތިރީސް ހާސް ރުފިޔާ)

މަސައްކަތުގެ ވަގުތު: ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށް

މުއްދަތު: 03 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)

ފެންވަރު ނުވަތަ ޝަރުޠު: އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވެބް ޑިވެލޮޕްމަންޓްގެ ރޮނގުން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރެފަރެންސްގައި ހިމެނިފައި. (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް www.environment.gov.mv ގައި ވާނެއެވެ.)

މި މަސައްކަތް ކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

ތަޢުލީމީ ފެންވަރު - %5

މަސައްކަތުގެ ތަޖުރިބާ (ވެބް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ) - %55

ޓެކްނިކަލް ނޮލެޖް - % 15

އުފެއްދުންތެރިކަން - % 15

ޤާބިލުކަން ހުރި މިންވަރު - % 10

ވުމާއެކު، މިކަމަށް އެދޭ މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016