ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ޑީ.ޕީ.އީ ލޭޓް އެންޓްރީ އެޕްލިކޭޝަން މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން 2026 އޮގަސްޓް 06 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2026 އޮގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.
އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމް https://forms.gle/2Sw2ij6UddTuEmh37 މެދުވެރިކޮށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި ކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޑިޕާޓްމަންޓްގެ ލިންކް ޓްރީ https://linktr.ee/dpemv މެދުވެރިކޮށް ލިބެންހުންނާނެއެވެ.