ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
މާލެ، ދިވެހިރާއްޖެ
އިޢުލާނު
"University of Perpetual Help System DALTA (Philippines)" އިން ކުރިއަށް ގެންދާ "BS Psychology" ކޯހަށް ކައުންސިލުން ދޫކުރަމުންދިޔަ ހުއްދައާއިގުޅޭ.
"University of Perpetual Help System DALTA (Philippines)" އިން ކުރިއަށް ގެންދާ "BS Psychology" ކޯހަކީ 11 އޮގަސްޓް 2024 އިން ފެށިގެން ކައުންސިލުން ޤަބޫލުކުރާ ޕްރީ މެޑިސިން ކޯހެއްގެ ގޮތުގައި ހުއްދަ ދެމުންއަންނަ ކޯހެކެވެ.
މި ދެންނެވުނު ކޯހާ ގުޅިގެން މައްސަލަތަކެއް ފާހަގަކުރެވި، ކޯހަށް ކައުންސިލުން ދޫކުރަމުންދިޔަ ހުއްދަ ދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައެވެ.
މި ދެންނެވުނު ޕްރީ މެޑިސިން ޕްރޮގްރާމް ގަބޫލުކުރުން މެދުކަނޑާލި ކަމުގައި ވިޔަސް، ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތައް އިސްތިސްނާ ކުރުމަށް ވަނީ ނިންމާފައެވެ.
- ޕްރީމެޑިސިން ހެދުމަށްފަހު މެޑިސިންގ/ޑެންޓިސްޓްރީ މިހާރު ކިޔަވަމުންދާ ފަރާތްތައް.
- 21 ޖުލައި 2026 މިތާރީހުގެ ކުރިން ޕްރީމެޑިސިން ނިންމާފައި، މެޑިކަލް/ޑެންޓަލް ކޮލެޖަކުން ޖާގަ ހޯދަމުންދާ ފަރާތްތައް.
- 21 ޖުލައި 2026 ގެ ކުރިން ޕްރީމެޑިސިން ހަދަމުންދާ ފަރާތްތައް.
- 2026 ވަނަ އަހަރުގެ ތެރޭގައި ހިންގާ ޕްރީމެޑިސިންގ ޕްރޮގްރާމަކުން، 21 ޖުލައި 2026 ވަނަ ދުވަހުގެ ކުރިން ޖާގަ ލިބި ފައިސާ ދައްކާފައިވާ ފަރާތްތައް.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.