ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2026/05
ޑިންގީ ޖެޓީ ސްލެބުގެ އުތުރު އަރިމަތީގައި ޗޭނު އެޅުވުމާއި، ކަރަންޓް ކޭބަލްއެޅުމާއި، ލައިޓް އިތުރުކުރުމާއި، ލައިޓްތަކަށް ކަރަންޓް ވައިރުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެ މަޢުލޫމާތު
- 25×10އެމްއެމްގެ 750 (ހަތްސަތޭކަ ފަންސާސް) ފޫޓު ދިގު، އެސްއެސް ޗޭނު ހޯދުން.
- ޑިންގީ ޖެޓީގައި ވައު އައްސާ ބޮޅާއި ޗޭނު ލެއްވޭވަރުގެ 10 ސިކަލް ހޯދައި، ޑިންގީ ޖެޓީގެ އެންމެ އިރުމަތި ބޮޅުން ފެށިގެން އެންމެ ހުޅަނގު ބޮޅާއި ދެމެދު ހުރިހާ ބޮޅަކަށް ހަރުކުރުން.
- ދެކުނު ބަނދަރުގެ ހުޅަނގު ޖެޓީގައި ހަރުކޮށްފައިވާ ސާކެޓް ފޮށިން ފެށިގެން ޑިންގީ ޖެޓީގެ އެންމެ އިރުމަތީކޮޅާއި ހަމަޔަށް ތުރީކޯ 2.5މމގެ ކަރަންޓް ކޭބަލްއެޅުމާއި ލައިޓްދަނޑިތަކަށް ކަރަންޓް ވައިރުކުރުން.
- ކޭބަލް އަޅަންވާނީ ދޮޅު އިންޗި އެސްލޯނު ހޮޅިއަކަށްލުމަށްފަހު، ޑިންގީ ޖެޓީ ކޮންކްރިޓް ސްލެބްގެ މަތީގައި ދެކުނުފަރާތު އަރިމަތީގައެވެ. އަދި މިއެސްލޯނު ހޮޅި އޮންނަންވާނީ 4 އިންޗީގެ ކޮންކްރިޓް ބަފަރެއްތެރޭގައެވެ.
- ކޮންކްރިޓް ބަފަރުތެރެއަށް ކަރަންޓް ކޭބަލް އަޅާ ހޮޅީގެ އިތުރުން، އެއް އިންޗީގެ އެސްލޯނު ހޮޅިއެއް، ކަރަންޓް ކޭބަލް އަޅާ ދިގުމިނަށް އަޅަންވާނެއެވެ.
- އިތުރު 6 ލައިޓް ދަނޑިޖަހާ، ކަރަންޓްވައިރުއަޅާ، ލައިޓް ދިއްލުން.
- އެމްޓީސީސީން ހަރުކޮށްފައިވާ ލައިޓާއި ދިމާވާގޮތަށް ލައިޓް ދަނޑިޖެހުން.
- ޑިންގީ ޖެޓީއަށް ލައިޓް ބެހުމުގައި، މިހާރު ހަރުކޮށްފައިވާ ލައިޓް ދަނޑިތައް ހުރިތަން ބަދަލުކުރަންޖެހިއްޖެނަމަ އެކަންކުރުން.
- ލައިޓް ޖެހުމުގައި ޑިންގީ ޖެޓީން ދެކޮޅުން 50ފޫޓް ދޫކޮށްލުމަށްފަހު ލައިޓްޖަހަން ފެށުން.
- ލައިޓް ދަނޑީގެ އުސްމިން 10 ފޫޓް.
- ލައިޓް ދަނޑިތަކަށް ކަރަންޓް ވައިރު އަޅައި، ލައިޓް ހަރުކޮށް ދިއްލުން.
- ކުރެހުމާއި އެއްގޮތަށް ގަލްވަނައިޒް ހޮޅީގައި ލައިޓްދަނޑި ހެދުން.
- ވެލްޑިން ކުރާބައިތަކުގައި ރެޑްލެޑް ދަވާލުދުލުން.
- ކޮންމެ ހޮޅިދަނޑިއެއްގައި ސަރކެޓް ބުރޭކަރެއް ހަރުކުރުން.
- 1×1 ފޫޓުގެ ފްލެންޖުލައި އެސްއެސް ބޯލްޓުއަޅުވައި ސްލެބްގައި ހަރުކުރުން.
- ލައިޓް ހަރުކުރާނީ 50 ވޯޓްގެ ލެޑްލައިޓު.
- ޑިންގީ ޖެޓީގެ ދިގުމިނަކީ 800 (އަށްސަތޭކަ) ފޫޓެވެ.
|
ރަޖިސްޓްރީކުރުން |
2026 އޯގަސްޓް 12 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ޑިންގީޖެޓީގައި ޗޭނު އެޅުމާއި ކޭބަލްއެޅުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 އޯގަސްޓް 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" ޑިންގީ ޖެޓީގައި ޗޭނު އެޅުމާއި ކަރަންޓް ކޭބަލްއެޅުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.
- ޓެކްސް ކުލިއަރެންސް ރިޕޯޓް.
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %80
- ތަޖުރިބާ
- މުއްދަތު
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
- ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.