ނީލަން
ނަންބަރު: (IUL)306/306/2026/51
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 16 އޮގަސްޓް 2026 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަފަލުގައި ހުރި ފުނަގަސްތަކާއި، ކާނި އަދި މިދިލިގަސްތައް ނީލަން ކިޔުމާއިގުޅޭ

އިޢުލާން

ފުނަފަލުގައި ހުރި ފުނަގަސްތަކާއި، ކާނި އަދި މިދިލިގަސްތައް ނީލަންކިޔުމާއިގުޅޭ              

ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމަށް ބިން ދޫކުރެވިފައިވާ ސަރަހައްދުގައި (ފުނަފަލުގައި) ހުރި ގަސްތަކުގެ ތެރެއިން ބައެއް ފުނަގަސްތަކާއި، ކާނި އަދި މިދިލަ ގަސްތައް ނީލަންކިޔަން ބޭނުންވެއްޖެއެވެ.    

ނީލަން ކިޔުމަށް ކަނޑައަޅާފައިވަނީ، ގަސްތައް ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިގަސްތައް 39 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާ ގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިގަސްތައް ނީލަމުން ނަންގަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮގަސްޓް 16 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00އަށް މި ކައުންސިލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މިކައުންސިލަށް ފައިސާ ދެއްކުމަށް، އަދި 15 ދުވަސް ތެރޭގައި ގަސްތައް ނެންގެވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 އާއި ގުޅުއްވުން އެދެމެވެ.

05 އޮގަސްޓް 2026