ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2026/45
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:48
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކާއި، ގެތަކާއި ގުޅިފައިވާ މަގުތައް ސާފު ކުރުމާއި ބެހޭ

ގޯތިތަކާއި، ގެތަކާއި ގުޅިފައިވާ މަގުތައް ސާފު ކުރުމާއި ބެހޭ:
ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން މި ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު 2019/R-26 ("މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ") އާ ޚިލާފަށް،  ރަށުގެ ވަރަށް ގިނަ އަދަދެއްގެ ގެތަކާއި، ގޯތިތަކާ ގުޅިފައިވާ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، "މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ" ގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެފަރާތެއްގެ ގޭގެ ނުވަތަ ގޯތީގެ އިންފާރާ ގުޅިފައިވާ މަގުމަތި ޤަވާއިދުން ކުނިކަހައި، ސާފުކޮށް ބެލެހެއްޓުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

މިގޮތުގެ މަތިން ޤަވާއިދުން މަގުމަތި ސާފުކޮށް ބަލަހައްޓަމުން ނުދާނަމަ، "މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ" ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ނުވަތަ ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިތުރުން މަޢުލޫމާތު އާންމު ކުރެވޭނެކަން އަންގައި އިޢުލާން ކުރީމެވެ.

05 އޮގަސްޓް 2026