ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2026/26
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި:
13 އޮގަސްޓް 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑު ލައިސަންސް އެގްޒަމިނަރ ހޯދުން
އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް މިއިދާރާއަށް ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 02 (ދޭއް)
އުޖޫރަ:
- އުޅަނދަކަށް -/25 ރުފިޔާ (ފަންސަވީސް ރުފިޔާ)
ޝަރުތު:
- ލިޔަންކިޔަން އެނގުން.
- ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުވެފައިވާ، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
ހުށަހަޅަންޖެހޭ ތަކެތި:
- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
- ޕޮލިސް ރިޕޯޓް (03 މަސް ހަމަނުވާ)
- އައި.ޑީ ކާޑުގެ ކޮޕީ
- ހުށަހަޅާ ފަރާތުގެ ވަނަވަރު
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު، 2026 އޯގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިއިދާރާގެ އީމެއިލް [email protected] ފޮނުއްވުން އެދެމެވެ. އެގްޒަރމިނަރ އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 އޮގަސްޓް 2026