ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި މިސްކިތްތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަނަރުތައް ސާވިސް ނުކުރެވި ގިނަ ދުވަސްވެފައިވާތީ، އެ ތަކެތި ފުލް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވިފައިވާ (އިޢުލާން ނަންބަރު:(IUL)422-B1/422/2026/31) އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 06 އޮގަސްޓް 2026 ވާ ބްރާސްފަތި ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. ރަޖިސްޓްރީ ވާ ފަރާތްތަކަށް މިކަމާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މައުލޫމާތް ކަރުދާސް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތް ކަރުދާހާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 10 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން މަތީގައިވާ މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 11 އޮގަސްޓް 2026 ވާ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.