ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2026/152
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 11 އޮގަސްޓް 2026 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޕަރޭޝަން އިންޗާޖް - ކޮންޓްރެކްޓް

އިޢުލާނު 

މަޤާމު:

އޮޕަރޭޝަން އިންޗާޖް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

18,000.00 ރުފިޔާ.

ސަރވިސް އެލަވަންސް:

3,000.00 ރުގިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑި: ގިނަވެގެން މުސާރައިގެ %50

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮމިޔުނިޓީ އެންގޭޖްމަންޓް ޔުނިޓް ހިންގުން.
  2. މަގުފާރަވެރިންނާއި މަސައްކަތް ހިންގުމާއި ސްޕްވައިޒަރުންގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން. 
  3. މަސައްކަތްތުގައި ހިމެނޭ ކޮމިޔުނިޓީ އެންގޭޖްމަންޓް ޔުނިޓްތަކުގެ މަސައްކަތް ތަރުތީބުކޮށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ބޭނުންވާ ވަޞީލަތްތައް ދެނެގަނެ ބަޖެޓް ހަމަޖެއްސުމަށް މަސައްކަތްކުރުން.
  5. މަސައްކަތް ހިނގަމުންދަނީ އެންމެ ފައިދާހުރި ގޮތައްތޯ ބަލައި ކަށަވަރުކުރުން.
  6. މުވައްޒަފުންނަށް ދިމާވާ މައްސަލަތަކުގައި އަޅަމުންދަނީ އިންސާފުވެރި ފިޔަވަޅުތައްތޯ ކަށަވަރުކުރުން.
  7. މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވްރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ އިރުޝާދު ދިނުން.
  8. އެ ހިނދަކަށް ކައުންސިލުން ހަމަޖައްސާގޮތެއްގެމަތިން ސަރަޙައްދުތަށް ބެހުމަށް ޔުނިޓްތަކަށް އެންގުން.
  9. ޔުނިޓްތަކުގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  10. ދުވަހުން ދުވަހަށް، މަހުންމަހަށް އަދި އަހަރުންއަހަރަށް ކައުންސިލަށް ބޭނުންވާ ރިޕޯޓްތައް ފޮނުވާކަން ކަށަވަރުކުރުމާއެކު ރިޕޯޓްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  11. ކައުންސިލަށް ބޭނުންވާ ކަމާބެހޭ މައުލޫމާތު ފޯރުކޮށްދިނުން.
  12. ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާދިނުން
  13. މަސައްކަތުގެ ވަގުތުގެ ފޮޓޯތައް ފޮނުވުން
  14. ހެކިބަހަށް ހަމަޖައްސަނީ ހަމަޖއްސަންޖެހިގެންތޯ ކަށަވަރުކުރުން
  15. މުވައްޒަފުން މަސައްކަތުގައި އުޅުމުގެތެރޭގައި ދިމާވާ ހައްސާސްކަންމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  16. ޑިއުޓީގަޑީގައި ދިމާވާ އެކްސިޑެންޓްތައް ގަވައިދުން ރިޕޯޓްކުރުމާއެކު ފުލުހުންގެ ހުއްދައާއެކު މަގުމަތި ސާފުކުރުމަށް ސިޓީކައުންސިލްގެ ކަމާބެހޭ ސެކްޝަނާގުޅިގެން މަސައްކަތް ހިނގާތޯ ބެލުން 
  17. މަސައްކަތާގުޅިގެން ފާހަގަވާ ކަންކަން ކައުންސިލަށް ރިޕޯޓްކުރުން
  18. މަސައްކަތުގެ ދާއިރާއިން ކައުންސިލުން ޙަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުން
  19. ކައުންސިލުން ރާވައިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްތަކުގެތެރެއިން ދައުވަތުދެވޭ ޕްރޮގްރާމްތަކުގައި ބައިވެރިވެއުޅުން
  20. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބްދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކެ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

  • އެޑްމިނިސްޓްރޭޝަން
  • ސޯޝަލް ޕޮލިސީ
  • ހިއުމަން ސެކިއުރިޓީ
  • އިންޓަރނޭޝަނަލް ރިލޭޝަންސް
  • މެނޭޖްމެންޓް
  • ޝަރީޢާ އެންޑް ލޯ
  • މުޖުތަމަޢުގެ ރައްކާތެރިކަމާ ގުޅުންހުރި ނުވަތަ އާންމު ޚިދުމަތުގެ ދާއިރާ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) މާލޭ ސިޓީ ހޯލްގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު.
  • ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިކުރުން.
  • ޤާނޫނުތަކާއި ޤަވާއިދުތަށް އިނގޭ މިންވަރު.

ނޯޓް: މި މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް އިންޓަވިއުއިން މުޅިއަކު ޖުމުލަ 60 ނުވަތަ އެއަށްވުރެ މަތިންލިބޭ ފަރާތެކެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޮގަސްޓް 2026 ގެ 14:00 ގެ ކުރިން، މާލޭ ސިޓީ ހޯލްގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                        21 ޞަފަރު 1448
04 އޮގަސްޓް 2026