ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2026/140
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 10 އޮގަސްޓް 2026 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
އެކައުންޓެންޓް

މަޤާމުގެ ނަންބަރު:

J-398924

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ 

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 8  - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓް، މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

17,500.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

8,165.00 ރުފިޔާ 

ހާޒިރީ އިނާޔަތް:

220.00 ރުފިޔާ  (ކަނޑައަޅާފައިވާ އުޞޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލީ މައުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ޤަވާއިދުން ބޭންކް އަދި ޖެނެރަލް ލެޖަރ އެކައުންޓްތައް ރިކޮންސައިލްކުރުން.
  2. އާމްދަނީއާއި ޚަރަދު ޤަވާއިދުން މުއްދަތުގެ ތެރޭގައި ހިސާބުގެ ތެރެއަށް ވައްދާފައިވާކަން ކަށަވަރުކުރުން.
  3. ދައުލަތުގެ މުދަލުގެ ގޮތުގައި ހިމެނޭ އެންމެހާ ހަރުމުދަލާއި އިންވެސްމަންޓްތަކާއި ފަންޑުތަކުގެ ހިސާބުތައް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.
  4. ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ދައުލަތުން ދޫކޮށްފައިވާ ހުންނަ ލޯނު ތަކާއި، ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދާކަން ކަށަވަރު ކުރުން.
  5. ދައުލަތުގެ ދަރަނީގެ ހިސާބުތައް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.
  6. މަސް ނިމުމާއި އަހަރު ނިމުމުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.
  7. އެސް.އޯ.ޕީތަކާއި، އެކައުންޓިން މެނުއަލްއަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް އެހީތެރިވުން.
  8. އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެހީދޭ ފަރާތްތަކާއި ބޭންކްތަކާ މުއާސަލާތުކުރުން.
  9. ޕަބްލިކް އެކައުންޓިންގއާ ގުޅުންހުރި އެކި ނިޒާމުތައް އެކުލަވާލައި ސިސްޓަމްތައް ތަރައްޤީކުރުމުގައާއި، އެ ސިސްޓަމްތައް ހިންގުމަށް ބޭނުންވާ އުސޫލުތަކާއި މެނުއަލް ތައްޔާރުކުރުމުގައި އެހީތެރިވުން.
  10. ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ޗާޓް އޮފް އެކައުންޓްސް ބެލެހެއްޓުން.
  11. ދައުލަތުގެ އަހަރީ މާލީ ބަޔާން ތައްޔާރުކުރުމާއި ކަނޑައަޅާ އުސޫލެއްގެ މަތިން ތައްޔާރުކުރަންޖެހޭ މެނޭޖްމަންޓް ރިޕޯޓުތައް ތައްޔާރުކުރުން.
  12. ޚާއްސަ ހާލަތުގައި ބޭނުންވާ މާލީ ރިޕޯޓްތައް ތައްޔާރުކޮށްދިނުމާއި އެފަދަ މަސައްކަތްތަކާ ގުޅޭ މަޝްރޫޢުއަކާ ގުޅޭ ޚާއްސަ މަސައްކަތްތައް ކުރުން.
  13. މާލީ ހިސާބުތައް ރިޕޯޓުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ ރިޕޯޓިންގ އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުން.
  14. ދައުލަތުގެ މާލީ ހިސާބުތައް ރިޕޯޓްކުރަންޖެހޭ އެކައުންޓިންގ ސްޓޭންޑަޑްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެ ސްޓޭންޑަޑްތައް ތަންފީޒު ކުރުމުގައި އެހީތެރިވުން.
  15. ދައުލަތުގެ އިދާރާތަކުގެ ހިސާބުތައް ބެލެހެއްޓުމާބެހޭ މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށް ތަމްރީނުތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  16. މަގާމުގެ މަސައްކަތްތަކާގުޅޭ ގޮތުން ޗީފް ޕަބްލިކް އެކައުންޓަންޓް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ ސީމާ/ ސީޕީއޭ/ ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

  1. އެކައުންޓިންގ 
  2. އެކައުންޓިންގ އެނަލިސްޓް 
  3. އެކައުންޓިންގ އެނަލިޓިކްސް 
  4. އެކައުންޓިންގ އެންޑް ފައިނޭންސް 
  5. އެކައުންޓިންގ އެންޑް ފައިނޭންޝަލް ފޮރެންސިކް 
  6. އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް 
  7. އެކައުންޓިންގ އެންޑް ފަންޑަމެންޓަލް އެނަލިސިސް 
  8. އެކައުންޓިންގ އެންޑް އިންފޮމޭޝަން ސިސްޓަމްސް 
  9. އޮޑިޓިންގ 
  10. ބޭންކިންގ 
  11. ބިޒްނަސް 
  12. ކޮމާރސް 
  13. ކޯޕަރޭޓް އެކައުންޓިންގ 
  14. ކޯޕަރޭޓް ފައިނޭންސް 
  15. ފައިނޭންސް 
  16. ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ 
  17. ފައިނޭންޝަލް އިކޮނޮމިކްސް 
  18. ފައިނޭންޝަލް އިންޖިނިއަރިންގ 
  19. ފައިނޭންޝަލް މެނޭޖްމަންޓް 
  20. ފައިނޭންޝަލް މާކެޓްސް 
  21. ފައިނޭންޝަލް ޕްލޭނިންގ 
  22. ފޮރެންސިކް އެކައުންޓިންގ 
  23. ފޮރެންސިކް އެކައުންޓިންގ އެންޑް ފައިނޭންޝަލް ކްރައިމް 
  24. ފޮރެންސިކް އޮޑިޓް އެންޑް އެކައުންޓިންގ 
  25. އިންޓާނަލް އޮޑިޓް 
  26. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  27. އިސްލާމިކް ފައިނޭންސް 
  28. ޕްރޮފެޝަނަލް އެކައުންޓިންގ 
  29. ޕަބްލިކް ފައިނޭންސް 
  30. ޓެކްސް އެކައުންޓިންގ 
  31. ޓްރަސްޓް ސަރވިސަސް އެންޑް ފަންޑް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އޮޑިޓިންގ ގެ މަސައްކަތްތައް
  2. އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް
  3. ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް
  4. އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް
  5. ފައިނޭންސްގެ މަސައްކަތްތައް
  6. އެކައުންޓިންގ ގެ މަސައްކަތްތައް
  7. ބޭންކިންގ ގެ މަސައްކަތްތައް ނުވަތަ އިންޝުއަރަންސްގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮގަސްޓު 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 16 އޮގަސްޓު 2026 އާއި 03 ސެޕްޓެންބަރު 2026 އާ ދެމެދު، މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ ގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                       20 ޞަފަރު 1448
03 އޮގަސްޓް 2026