ނީލަން
ނަންބަރު: 686-A/2026/207
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:29
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމާއި ގުޅޭ

މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމާއި ގުޅޭ 

މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 15  އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ 10:00 ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ކިޔަން ފެށޭ އަގާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އެހެންކަމުން، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، މަތީގައި ދެންނެވިފައިވާ ތާރީޙާއި ގަޑިއަށް މިކޯޓަށް ވަޑައިގެން ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 16 އޮގަސްޓު 2026 ގެ 14:00 ގެ ކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv  މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 02 (ދޭއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ ވަރަށް ބޮޑު އެދުމެކެވެ. 

20    ޞަފަރު  1448

03 އޮގަސްޓު  2026

03 އޮގަސްޓް 2026