ތަމްރީނު
ނަންބަރު: (IUL)420-PM/420/2026/20
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 12 އޮގަސްޓް 2026 00:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކައުންސިލް އާއި ދަރަޖަ އެކަޑަމމީ އާއި ގުޅިގެން ކުރިއަށްގެންދާ ޤުރުއާން ޤިރާތު ލެވެލް 1 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ދަރަޖަ އެކަޑަމީގެ ފަރާތުން ކުރިއަށްގެންދާ ޤިރާތު ލެވެލް 1 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

ނަންބަރ:  (IUL)420-PM/420/2026/20

ތާރީޚް:       03  އޮގަސްޓް 2026

އިޢުލާން

ކީރިތި ޤުރުއާން ތަޖުވީދުގެ މަގުން ރަނގަޅަށް ކިޔަވަން ދަންނަ މުޖުތަމައެއް ބިނާކުރުމާއި، މި ފަންނުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި، މި ކައުންސިލުން އިސްނަގައިގެން ދަރަޖަ އެކަޑަމީއާ ގުޅިގެން "ޤިރާތު ލެވެލް 1" ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހާ ގުޅޭ މުހިންމު މައުލޫމާތުތައް ތިރީގައި އެވަނީއެވެ:

  • ކޯސް ފެށޭ މަސް: އޮގަސްޓް 2026
  • ކޯހުގެ މުއްދަތު 2 :މަސް ދުވަސް
  • ކޯސް ކުރިއަށްދާ ގޮތް: އޮންލައިންކޮށް
  • އަމާޒުކުރެވޭ ފަރާތްތައް:  16 އަހަރު ފުރިފައިވުން ނުވަތަ ގުރޭޑް 6 ނިންމާފައިވުން.
  • ކޯސް ފީ:  މި ކޯހުގެ ފީއާއި، ކޯހުގައި ބޭނުންކުރާ ފޮތްތަކަށް ހިނގާ ޚަރަދު ހަމަޖައްސައިދޭނީ މި ކައުންސިލް އިދާރާއިންނެވެ. އެހެންކަމުން، ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.
  • ޖާގަ ކަނޑައެޅުން: ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރާ ތަރުތީބުން (ފުރަތަމަ އެދޭ ފަރާތްތަކަށް އިސްކަންދޭ އުސޫލުން) ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA) ގަބޫލުކުރާ ސެޓްފިކެޓް ލިބޭ ކޯހެކެވެ. ކޯސް ނިމުމުން އަމަލީ ގޮތުން ޤުރުއާން ކިޔެވުމުގެ އިމްތިހާނަކާއި، ތިއަރީ ބައިގެ މައްޗަށް ބިނާކޮށް ދެވޭ ކަރުދާސް އިމްތިހާނެއް އޮންނާނެއެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ރެޖިސްޓްރީ ފޯމު ފުރުއްވުމަށްފަހު، 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ފޯމު ފުރުމަށް އުނދަގޫވާ ފަރާތްތަކުން ނުވަތަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ފޯމު ފުރުމުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ކޯހާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6841628 އަށް ނުވަތަ ލީގަލް އޮފިސަރ އަޙްމަދު ސައީދު 7971219 އަށް ގުޅުއްވުން އެދެމެވެ.

 

ފޯމް ލިންކް: https://forms.gle/6fpHCiR2AKimiSp99

 

1448 B 20

03 އޮގަސްޓް 2026

 

                                                                    

 

03 އޮގަސްޓް 2026