ތަމްރީނު
ނަންބަރު: (IUL)299/299/2026/29
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 15 އޮގަސްޓް 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫގައި ޕޭސްޓްރީ ކޯހެއް ހިންގުމާއި ގުޅޭ

އިޢުލާން            

ވާދޫގައި ޕޭސްޓްރީ ކޯހެއް ހިންގުމާއި ގުޅޭ

 

ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިސްނަގައިގެން، ވާދޫ ކައުންސިލާއި ގުޅިގެން ވާދޫގައި ޕޭސްޓްރީ ކޯހެއް ހިންގުމަށް ވަނީ ރޭވިފައެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރ 1 އިން 2026 ސެޕްޓެމްބަރ 10 ގެ ނިޔަލަށް، ޖުމްލަ 10 ދުވަހުގެ މުއްދަތަށެވެ.

މިކޯހުގައި ބައިވެރިވުމުގެ ފީއަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާއެވެ. އަދި ކޯހުގައި ބޭނުންކުރާ އެންމެހާ ތަކެތި ފޯރުކޮށްދޭނީ ކޯސް ހިންގާދޭ ފަރާތުންނެވެ.

ވީމާ، މިކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް، ނަން ނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރުމުގެ ސުންގަޑި އަކީ 2026 އޮގަސްޓް 15 ވާ ބުދަ ދުވަހުގެ 14:00 އެވެ.

ގޫގުލް ފޯމުގެ ލިންކް: https://forms.gle/jvHZjZXV5c8V5pfY7

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

‏19‏ ޞަފަރު‏ 1448

03 އޮގަސްޓް 2026