ނީލަން
ނަންބަރު: A/IUL/2026/123
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 10 އޮގަސްޓް 2026 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓެލްކޯ އަވިކަތަ ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުން

ނީލަން ކިޔުން

މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

އަވިކަތަ ލޯންޗް

ނީލަން ފެށޭ އަގު:

2،880،000.00ރ (ދެ މިލިއަން އަށްލައްކަ އަށްޑިހަ ހާސް ރުފިޔާ)

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

28،800.00ރ (އަށާވީސްހާސް އަށްސަތޭކަ ރުފިޔާ)

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2026 އޮގަސްޓް 06 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން:

ޑިޕޮސިޓް ފައިސާގެ ގޮތުގައި 144،000.00ރ (އެއްލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު: 001-100078-7704 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރެއްވުން.

ޑިޕޮސިޓް ބަލައިގަތުން:

2026 އޮގަސްޓް 09 އާދިއްތަ ދުވަހުގެ 10:00 – 14:00 ނިޔަލަށް، 14:00ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަން.

އަގު ހުށަހަޅާނެ ތާރީޚް: 

2026 އޮގަސްޓް 10 ވާ ހޯމަ ދުވަހުގެ 11:00 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

މާލެ / ސައުތު ހާބަރ

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 7325332/3338150 އަށެވެ.

ނޯޓް:

މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

19 ޞަފަރު  1448

02 އޮގަސްޓް 2026

02 އޮގަސްޓް 2026