ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-OA/452/2026/40
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި:
31 އޮގަސްޓް 2026 00:00
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް އިމާރާތް ބަދަލުވުމާއި ގުޅޭ
2026 އޮގަސްޓް 2 ވާ އާދީއްތަ ދުވަހުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިނގަމުންދާނީ ހުޅުމާލެ ފޭސް 1 ގެ ވެމްކޯ އާއި ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލްސް އިމާރާތުގެ 02 ވަނަ ފަންގިފިލާ (ލޮޓް ނަންބަރު 10607، ފިތުރޯނުމަގު) ގައެވެ.
މި ބަދަލާއެކު، މި އެޖެންސީން ކުރިން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތްތަކެއް މެންހަޓަން ގްރޭންޑް ހޮޓެލްސް އިމާރާތުގެ 02 ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ މި އެޖެންސީގެ ކައުންޓަރުން ލިބެމުންދާނެ ކަމުގައިވެސް ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.
16 ޞަފަރު 1448
30 ޖުލައި 2026
02 އޮގަސްޓް 2026