ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VMH-HR/VMH/2026/43
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 06 އޮގަސްޓް 2026 13:00
ވިލިމާލޭ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ރޭޑިއޮލޮޖިކް ޓެކްނީޝަން

މަޤާމް :ސީނިއަރ ރޭޑިއޮލޮޖިކް ޓެކްނީޝަން
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ސީނިއަރ ރޭޑިއޮލޮޖިކް ޓެކްނީޝަން 

މަޤާމުގެ ނަންބަރު:

J-390505

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕީ . އެސް . އާރް 8

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވިލިމާލެ ހޮސްޕިޓަލް / ޑައިގްނޯސްޓިކް އެންޑް ތެރަޕިއުޓިކް ސަރވިސް ޔުނިޓް، މާލެ

މުސާރަ:

 -/16602 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

  -/7748ރުފިޔާ (މަހަކު)

ހާޒިރީ ޢިނާޔަތް

-/210 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މެޑިކަލް އިމޭޖިންގ ގެ ދާއިރާގެ ފަރުވާއާބެހޭ ގޮތުން ކުރިއަށް ގެންދާ ދިރާސާތަކުގައި އެހީތެރިވުން.
  2. މެޑިކަލް އިމޭޖިންގ ގެ ދާއިރާގެ ޕްރޮފެޝަނަލުންނަށް ހިންގާ އޮންދަޖޮބް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެހީތެރިވުން.
  3. ރޭޑިއޮލޮޖިކް، އަލްޓްރާ ސައުންޑް، އަދި އެނޫންވެސް މެގްނެޓިކް އިމޭޖިންގ އިކުއިޕްމަންޓްތައް ބޭނުންކޮށްގެން ބަލި ތަހުލީލުކޮށް ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން.
  4. ރޭޑިއޮލޮޖިކް، އަލްޓްރާ ސައުންޑް، އަދި އެނޫންވެސް މެގްނެޓިކް އިމޭޖިންގ އިކުއިޕްމަންޓްތައް ބޭނުންކޮށްގެން ބަލި ތަހުލީލުކޮށް ދެނެގަތުމަށް ކުރިއަށް ގެންދެވޭ ޕްރޮސީޖަރތައް ބަލިމީހުންނަށް ކިޔައިދީ، މި ފަދަ ޓެސްޓްތައް ހެދުމުގައި ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންވީ ގޮތް އޮޅުންފިލުވައި ދިނުން.
  5. ރޭޑިއޮލޮޖިކް، އަލްޓްރާ ސައުންޑް، އަދި އެނޫންވެސް މެގްނެޓިކް އިމޭޖިންގ އިކުއިޕްމަންޓްތައް އޮޕަރޭޓްކޮށް، ޓެސްޓްތައް ހެދުމަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި ސެޓިންތައް ހެދުން.
  6. އެކްސް-ރޭ ތަކާއި، ސީޓީ ސްކޭން، ފްލޮރެސްކޯޕީ، މެމޮގްރަޕީ އެކްސް-ރޭ ފަދަ ފިލްމްތަކާއި، ވީޑިއޯޓޭޕްތަކާއި، ފޮޓޯތައް އަދި ކޮމްޕިއުޓަރއިން ޖެނެރޭޓްކުރާ އެނޫންވެސް މައުލޫމާތުތައް ތައްޔާރުކުރެވިފައިވަނީ ބަލި ތަހުލީލިކުރުމަށް އެންމެ ރަނގަޅަށްތޯ ދެނެގަނެ، ގެންނަން ޖެހޭ ބަދަލުތައް ގެނައުން.

މަޤާމުގެ ޝަރުޠުތައް:

 

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން  ދިިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން  ދިިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ ތައުލީމީ ރޮނގުތައް:

 

 ·         ކާޑިއަކް އަލްޓްރާސައުންޑް 

·         ކެތްލެބް ޓެކްނޯލޮޖީ 

·         ކްލިނިކަލް އަލްޓްރާސްއުންޑް 

·         ކޮމްޕިއުޓަޑް ރޭޑިއޮގްރަފީ 

·         ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ 

·         ސީ.ޓީ ސްކޭން ޓެކްނޯލޮޖީ 

·         ޑައިގްނޯސްޓިކް މެޑިކަލް އިމޭޖިންގ 

·         ޑައިގްނޯސްޓިކް ރޭޑިއޮގްރަފީ 

·         އެމް.އާރް.އައި ޓެކްނޯލޮޖީ 

·         މެގްނެޓިކް ރެސޮނެންސް އިމޭޖިންގ ޓެކްނޯލޮޖީ 

·         މެމޮގްރަފީ 

·         މެޑިކަލް އިމޭޖިންގ 

·         މެޑިކަލް އިމޭޖިންގ ސައެންސް 

·         މެޑިކަލް އިމޭޖިންގ ޓެކްނޮލޮޖީ 

·         މެޑިކަލް ރޭޑިއޭޝަން ސައިންސް 

·         މެޑިކަލް އަލްޓްރާސައުންޑް 

·         މޮލެކިއުލަރ އިމޭޖިންގ 

·         ނިއުކްލިއަރ މެޑިސިންގ 

·         ރޭޑިއޭޝަން ސޭފްޓީ 

·         ރޭޑިއޮގްރަފީ 

·         ރޭޑިއޮލޮޖިކަލް ސޭފްޓީ 

·         ރޭޑިއޮލޮޖިކަލް ޓެކްނޯލޮޖީ 

·         ސޮނޮގްރަފީ 

އަލްޓްރާސައުންޑް  

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

މަގާމުގެ ކޯ ޑިސިޕްލިން: ނެތް

 

މަގާމުގެ މަސައްކަތުގެ ދާއިރާތައް:ނެތް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 7. މުއްދަތު ހަމަނުވާ  މޯލްޑިވްސް  އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް.3 އަދި އީ.އެކްސް.5 އާ ދެމެދުގެ ކްރައިޓީރިއާ

 

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަވިއު

30

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 އޮގަސްޓު 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ވިލިމާލެ ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތައް، ހޮސްޕިޓަލަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ހުރިހާ ފަރާތްތަކަށްވެސް ދަންނަވަމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  11 އޮގަސްޓު 2026 އާއި 31 އޮގަސްޓު 2026  އާ ދެމެދު، ވިލިމާލެ ހޮސްޕިޓަލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އައި.ޖީ.އެމް ހޮސްޕިޓަލުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3038524  އަދި 3038525 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51)) އިން ލިބެން ހުންނާނެއެވެ.

 
02 އޮގަސްޓް 2026