|
KDI School of Public Policy and Management Scholarship
Spring 2027
|
|
ޤައުމު: ކޮރެއާ
|
މާސްޓަރސް ޑިގްރީ
|
ކޯހުގެ ލެވެލް އަދި ޢަދަދު:
|
- މާސްޓަރސް އިން ޕަބްލިކް ޕޮލިސީ
- މާސްޓަރސް އިން ޑިވެލޮޕްމަންޓް ޕޮލިސީ
- މާސްޓަރސް އިން ޕަބްލިކް މެނޭޖްމަންޓް
- މާސްޓަރސް އިން އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީ
- މާސްޓަރސް އިން ޑާޓާ ސައިންސް ފޯރ ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް
|
ދާއިރާ
|
|
މާސްޓަރސް ޑިގްރީގެ ޝަރުތު:
- ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން. (31 އޮގްސްޓް 2026 ގެ ކުރިން ހާޞިލްކޮށްފައިވާ)
- TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން.
- މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:
- މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
- އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.
|
ކޯހުގެ ޝަރުތު:
|
|
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ވެލިޑޭޓްކޮށްފައި)
- ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
- މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ.
- ފުރިހަމަކޮށްފައިވާ ކޭ.ޑީ.އައި އެޕްލިކޭޝަން ފޯމް.
- އޮންލައިން ސާވޭ ފޯމް ކޮޕީ. (އަޕްލޯޑް ކޮށްފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި ބުނެފައިވާ ގޮތައް)
- އޮންލައިން ރެކޮމެންޑޭޝަން ލެޓަރ (އަޕްލޯޑް ކޮށްފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި ބުނެފައިވާ ގޮތައް)
- ވަޒީފާ އަދާކުރަމުންދާކަމުގެ ލިޔުން
- އެޕްލައިކުރާ ޔުނިވާސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާކަން އަންގައިދޭ ލިޔުން.
- ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
- މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.
- މި ސްކޮލަރޝިޕަށް އެޕްލައިކުރާނީ މި މިނިސްޓްރީގެ ޕޯޓަލް އަދި ކޭ.ޑީ.އައިގެ އޮންލައިން އެޕްލިކޭޝަން ސިސްޓަމް މެދުވެރިކޮށް، ދެގޮތަށެވެ.
- މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ކުރި ޕޯޓަލްއިންނާއި ތިރީގައިވާ ލިންކްއިން ލިބެންހުންނާނެއެވެ.
- www.kdischool.ac.kr
- މި ސްކޮލަޝިޕްގެ ދަށުން އެޑްމިޝަން ފީ، ޓިއުޝަން ފީ، އެކޮމޮޑޭޝަން، ސައިޓައިޕެންޑް އަދި ރިޓާން ޓިކެޓް (އިކޮނޮމީ ކްލާސް) ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ.
- މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، ކޭ.ޑީ.އައިގެ އެޕްލިކޭޝަންއާއި އެއާއިއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކޮޕީ ސެޓެއް 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.
- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
- މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް" އިން ލިބޭނެއެވެ.
- ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ސްކޭން ކޮޕީއެއް ޕްރޮފައިލްގައި ހިމަނަން (އެޓޭޗްކުރަން) ވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
|
05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން
|
ސުންގަޑި:
|
|
އެޕްލިކޭޝަން ހުށަހަޅާނީ : މި މިނިސްޓްރީގެ ޕޯޓަލް https://kuri.egov.mvއަދި ކޭ.ޑީ.އައި ސްކޫލް އެޑްމިޝަން ވެބްސައިޓް https://kdischool.ac.kr/admissions/ މެދުވެރިކޮށެވެ.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިން ކުރާނީ [email protected] އަށެވެ.
|