ބީލަން
ނަންބަރު: (IUL)255/255/2026/43
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 05 އޮގަސްޓް 2026 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމުގެ ބައެއް މަގުތައް ދިއްލުމަށް ބޭނުންވާ މަގުބައްތި ހޮޅިދަނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހއ.އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އުތީމުގެ ބައެއް މަގުތައް ދިއްލުމަށް ބޭނުންވާ މަގުބައްތި ހޮޅިދަނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 03 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ބިޑު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުން އޮންނާނީ 05 އޮގަސްޓް 2026  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖުލައި 2026