ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)222-HR/INDIV/2026/15
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 06 އޮގަސްޓް 2026 13:30
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
އެސިސްޓެންޓް މިއުޒިއަމް ކޮންޒަރވޭޝަން އޮފިސަރ

މަޤާމް :އެސިސްޓެންޓް މިއުޒިއަމް ކޮންޒަރވޭޝަން އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓެންޓް މިއުޒިއަމް ކޮންޒަރވޭޝަން އޮފިސަރ

މަޤާމުގެ ނަމްބަރު:

J-459586

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 4 – ސްޓެޕް 1

ސެކްޝަން / ޔުނިޓް:

ނޭޝަނަލް މިއުޒިއަމް ސެކްޝަން، ރިސަރޗް އެންޑް ކޮންޒަރވޭޝަން ޔުނިޓް

މަސައްކަތު ވަގުތު:

ހެނދުނު 10:00 އިން 16:00 އަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ކ. މާލެ

މުސާރަ:

މަހަކު 8505.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2555.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 70.00 ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ދާރުލްއާސާރުގައި ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ތެރެއިން ގިނަދުވަހަށް ދެމިހުންނާނެ ފަރުވާ ދޭންޖެހިފައިވާ ތަކެއްޗަށް ފަރުވާ ދިނުން.
  2. ދާރުލް އާސާރުގައި ހުންނަ ލޮއިގެ ބާވަތްތަކާއި ލޯމާފާނުތަކަށް ފަރުވާދިނުން.
  3. ފަރުވާ ދިނުމުގެ ކުރިން އަދި ފަރުވާ ދިނުމުގެ ފަހުން އެއްޗެއްގެ ފޮޓޯނަގައި އެ އެއްޗަކަށް ފަރުވާ ދެވުނުގޮތް ރިޕޯޓްގައި ހިމެނުން.
  4. ދެމުން ގެންދާ ފަރުވާއާއި މަސައްކަތް ކުރިއަށްދާގޮތުގެ ލިޔުންތައް ދުވަހާއި ތާރީޚާއި ގަޑި އެނގޭ ގޮތަށް ލިޔެ ބެލެހެއްޓުން.
  5. ތަނުގެ ތެރޭގަ ޕެސްޓް ކޮންޓްރޯލް ކުރުމަށް ހުންނަ ތަންތަން ފާހަގަކޮށް އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުން.
  6. ފަރުވާ ދިނުމަށް ލިބޭ ކޮންމެ އެއްޗެއްގެ ޙާލަތާއި އެއްޗެއްގެ ތަފާތު ބައިތައް ދެނެގަނެ ލިޔެ ބެލެހެއްޓުން.
  7. ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ފާހަގަކޮށް ލިސްޓް ތައްޔާރުކުރުމާއި ފަރުވާ ދިނުމަށް ބޭނުންކުރާ ކެމިކަލްސް، ޓޫލްސް އަދި އިކުއިޕްމަންޓް ރައްކާތެރި ކަމާއެކު ބެލެހެއްޓުން.
  8. ދާރުލްއާސާރުގައި މިހާރު ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުމާ އެތަކެތި އިންވެންޓްރީގައި ހިމެނުމަށް ނަމްބަރު ދީ ނަމްބަރުގެ ލޮގް ލޮގް ބެލެހެއްޓުން.
  9. ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޓުއަރ ދޭންޖެހިއްޖެނަމަ ޓުއަރ ދިނުން.
  10. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަޙައްދީ ދާރުލްއާސާރުތަކުގައިވާ ތަކެތި ގިނަދުވަހަށް ދެމިހުންނާނެ ފަރުވާ ދިނުމުގެ މަސައްކަތް ކުރާނެ ގޮތާއިބެހޭ އިރުޝާދާއި ލަފާދިނުމުގައި އެހީތެރިވުން.
  11. ދާރުލްއާސާރުގައި ބޭއްވޭ އެކި އެކި މައުރަޒުތައް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. ސްޓޯރޭޖްގައި ހުރި ތަކެތި ތަރުތީބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން.
  13. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސެޓްފިކެޓު ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. އާކިއޮލޮޖިކަލް ސައިންސް  
  2. އާކިއޮލޮޖިކަލް ސަޓަޑީޒް  
  3. އާކިއޮލޮޖީ  
  4. އާކައިވަލް ސްޓަޑީޒް  
  5. އާކައިވް ސައިންސް  
  6. ކާޕެންޓަރ (ފަރނިޗަރ)  
  7. ކާޕެންޓްރީ  
  8. ކާޕެންޓްރީ އެންޑް ޖޮއިނަރީ  
  9. ކާޕެންޓްރީ އެންޑް ވުޑް ކާވިންގ  
  10. ކޮންޒަރވޭޝަން ސްޓަޑީޒް  
  11. ކްރާފްޓްމަންޝިޕް  
  12. ކަލްޗަރަލް ސްޓަޑީޒް  
  13. ޑިޒައިން ކްރާފްޓް  
  14. ފަރނިޗަރ ކާޕެންޓްރީ އެންޑް ޖޮއިނަރީ  
  15. ފަރނިޗަރ ކާޕެންޓްރީ އެންޑް ވުޑް ކާވިންގ  
  16. ހެރިޓޭޖް  
  17. ހެރިޓޭޖް ކޮންޒަރވޭޝަން  
  18. ހެރިޓޭޖް މެނޭޖްމަންޓް  
  19. ހިސްޓްރީ  
  20. މިއުޒިއަމް ސްޓަޑީޒް  
  21. ވުޑް ކާވިންގ  
  22. ވުޑް ޓަރނިންގ އެންޑް ލެކުއަރ  
  23. ވުޑަން އެންޑް ފައިބަރގްލާސް ބޯޓް ބިލްޑިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އާސާރީ ތަކެއްޗާއި ތަންތަން ބެލެހެއްޓުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތްތައް.
  2. ސަގާފީ ތަރިކަ އާ ގުޅުންހުރި ފަންނީ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއަސާރު/ ޗާންދަނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ، 2026 އޮގަސްޓު 16 އާއި 2026 އޮގަސްޓު 27 އާ ދެމެދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340206 ނުވަތަ 3323206 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 14   ޞަފަރު   1448

28 ޖުލައި 2026