ދިވެހިރާއްޖެ
ނަންބަރު: (IUL)303-CA/303/2026/37
ވަޒީފާގެ ފުރުސަތު
މަޤާމް: ސްޕަވައިޒަރ
މަޤާމުގެ އަދަދު: 01
މަޤާމުގެ ގިންތި: ކޮންޓްރެޓް (2 އަހަރު)
މަސައްކަތް ކުރާތަން: އުނގޫފާރު ވޭސްޓްމެނޭޖްމަންޓް ސެންޓަރ / އުނގޫފާރު ކައުންސިލް އިދާރާ
މުސާރަ: 4000.00 (ހަތަރުހާސް ރުފިޔާ)
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މިނިމަމްވޭޖް އެލަވަންސް: މިނިމަމް ވޭޖްގެގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް.
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
3- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ރަށުގެ ހުރިހާމަގެއްގެ ގަސްކޮށާ ސާފްކުރުން މުވައްޒަފުން ލައްވާ ކުރުވުން
- މަގުތަކުގެ ގަސްޕޮޓުތަކުގެ މަގުފަޅި މޫއަރާފައިވާ ތަންތަނުން މޫކަނޑާ މަގުފަޅި ކޮނެ ކޮންކުރީޓް އަޑިއަށް އަޅާ ނިންމުމުގެ މަސައްކަތް މުވައްޒަފުންލައްވާ ކުރުވުން
- ގަވާއިދާއި ހިލާފައް މަގުތަކާއި ގޯޅި ތަކުގައި ބަހައްޓާފައިވާ ތަކެތި މުވައްޒަފުންލައްވާ ނެގުން
- ކޮންމެ ތިންމަހުން އެއްމަގު ރަށުގެ ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގެ ކާނު ސްފްކުރުން މަގުތަކުގައިވާ ފެންބޭރުކުރާ ޖަންގުސަންތަކާއި އެކު ސާފްކުރޭތޯ ބެލުން
- މަގުތަކުގައި ގަސްއިންދުމައް ހަދާފައިވާ ތަންތަނުގައި ގަސްނެތްތަންތަނުގައި ކައުންސިލުންދޭލަފައާއި އެއްގޮތައް ގަސްއިންދާ ކޮށިގަނޑުޖެހުން މުވައްޒަފުންލައްވާ މަސައްކަތް ކުރުވުން
- ރަށުގެ ވަށައިގެން ބީޗައްޖަމާވާ ކުނި މުވައްޒަފުން ލައްވާ ނަގާ ސާފްކުރުން
- ރަށުގެ ހުރިހާ މަގެއް މަދުވެގެން ހަފްތާއަކު އެއްފަހަރު ބަލާ ޗެކްކުރުން އަދި ކޮށަންޖެހޭ ގަހެއް ހުރިނަމަ ސްޕަވައިޒަރުގެ ބެލުމުގެ ދަށުން ސާފްކުރުން
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 03 އޮގަސްޓް 2026، ވާ ހޯމަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2026 އޮގަސްޓް 04 ން 13 އާއި ދެމެދު ދުވަހު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.