ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2026/85
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 08:40
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ ޤްރުއާން ކުލާސްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ:

ކީރީތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށާއި ތަޖުވީދުގެ މަގަށް ކިޔެވުމާއި ފަރިތަކޮށް ކިޔެވުމުގެ މަޤްސަދުގައި ކައުންސިލުން ކުރިޔަށްގެންދިޔަ ޤުރުއާން ކުލާސްތައް އަލުންފެށުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އައްމާ ކުލާސް އަދި ޚަތިމް ކުލާހެވެ. ކުލާސްތަކުގެ ޝަރުތު އަދި އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1. 1.      އައްމާ ކުލާސް
  • ކުލާހުގެ ވަގުތު: 50 މިނެޓް
  • ކުލާސް އޮންނަ ދުވަސްތައް: އާދިއްތަ، ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި
  • ޝަރުތު: މި ކުލާހުގައި ބައިވެރިވެވޭނީ ފިލިޖަހައިގެން އަކުރު ކިޔަން އެނގޭ ކުދިންނަށެވެ.
  1. 2.      ޚަތިމު ކުލާސް
  • ކުލާހުގެ ވަގުތު: 50 މިނެޓް
  • ކުލާސް އޮންނަ ދުވަސްތައް: އާދިއްތަ، ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި
  • ޝަރުތު: މި ކުލާހުގައި ބައިވެރިވެވޭނީ ބަލައިގެން ޤުރުއާން ކިޔަވަން އެނގޭ ކުދިންނަށެވެ.

ޤްރުއާން ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކައުންސިލްގެ ޤްރުއާން ކުލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީއެއް ނުނަގާ ގޮތަށް ކަމުގައި ދެންނެވީމެވެ.

ވީމާ، މި ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިކައުންސިލްގެ ނަންބަރު 6582805 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

23 ޖުލައި 2026