ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/59
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 21:12
ސުންގަޑި: 10 އޮގަސްޓް 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ

ނ. ކެނދިކުޅުދޫ ރައްޔިތުންގެ ތެރެއިން މިހާތަނަށް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއް ނުވަތަ ގެވަޅެއް ލިބިފައި ނުވާ ފަރާތްތަކުން، ގެވަޅަށް ބޭނުންވެފައިވާ މިންވަރު ދެނެގަތުމަށާއި، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

މި ދަފުތަރު އެކުލަވައިލުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އެކަށައެޅުމުގައާއި، ކުރިއަށް އޮތް ތަނުގައި ގޯތި ދޫކުރުމުގެ މަޝްރޫޢުތައް ރޭވުމުގައި ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބޭނުންތެރިކަން ހުރި ނެތް މިންވަރު ދެނެގަތުމެވެ.

ވީމާ، ކެނދިކުޅުދޫ ރައްޔިތުންގެ ތެރެއިން ދިރިއުޅުމަށްޓަކައި ގެވަޅެއް ބޭނުންވާ، އަދި މިހާތަނަށް އެއްވެސް ތަނަކުން ގޯއްޗެއް ލިބިފައިނުވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ދަފުތަރުގައި ރަޖިސްޓްރީވުމަށް ތިރީގައިވާ  އޮންލައިން ލިންކް މެދުވެރިކޮށް ނުވަތަ މި އިދާރާގެ ކައުންޓަރަށް ވަޑައިގެން 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ.

ލިންކް: https://forms.cloud.microsoft/r/YkbfgD2BWr

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޖުލައި 2026