ދިވެހިރާއްޖެ
|
މޮރޮކޯ ސްކޮލަރޝިޕް 2026-2027 |
||
|
ޤައުމު: މޮރޮކޯ |
10 ބެޗްލަރސް ޑިގްރީ 5 މާސްޓަރސް ޑިގްރީ 5 ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް: |
|
ބެޗްލަރސް ޑިގްރީ
މާސްޓަރސް ޑިގްރީ
ޕީ.އެޗް.ޑީ
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
|
ހުށަހަޅަންޖެހޭ ތަކެތި: |
|
|
- މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. - މި ސްކޮލަޝިޕްގެ ދަށުން ގިނަ ކޯސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު ބަހަކީ ޕްރެންޗް ބަސްކަމުގައިވާތީ، މި ބަސް ނޭނގޭ ފަރާތްތަކަށް ފްރެންޗް ބަސް ދަސްކޮށްދިނުމަށް ކޯހެއް ކުރިއަށް ގެންދެވޭނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތު، އަރަބި ބަސް އަދި އަރަބިކް ލިޓްރޭޗަރ ކޯސްތަކަށް އަރަބިބަސް އެނގުން ލާޒިމްކުރެއެވެ. - މި ސްކޮލަރޝިޕަށް އެޕްލައިކުރާނީ މި މިނިސްޓްރީގެ ޕޯޓަލް "ކުރި ޕޯޓަލް" އަދި މޮރޮކޯ އޭޖެންސީ ފޯރ އިންޓަރނޭޝަނަލް ކޯޕަރޭޝަން (އޭ.އެމް.ސީ.އައި)ގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، ދެގޮތަށެވެ. - މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތާއި މި ސްކޮލަޝިޕްގެ ދަށުން ލިބޭ އެލެވެންސް ތަކުގެ ތަފްޞީލް ތިރީގައި މިވާ ލިންކުތަކުން ލިބެންހުންނާނެވެ.
* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން |
ސުންގަޑި: |
|
|
އެޕްލިކޭޝަން ހުށަހަޅާނީ: މި މިނިސްޓްރީގެ ޕޯޓަލް https://kuri.egov.mv އަދި މޮރޮކޯ އޭޖެންސީ ފޯރ އިންޓަރނޭޝަނަލް ކޯޕަރޭޝަން (އޭ.އެމް.ސީ.އައި)ގެ އޮންލައިން ޕްލެޓްފޯމް http://www.marocalumni.ma މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |
||