ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2026/23
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 30 ޖުލައި 2026 20:30
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

 

2026 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާއި ޙިއްޞާކުރުމަށް ބާއްވާ ބައްދަލުވުން 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުރޭ، 20:30 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި، ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހުގެ މަޑުއްވަރީގެ ތަރައްޤީގެ ޕްލޭނުގައި ހިމަނާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ވީމާ، މިބައްދަލުވުމުގައި އެންމެހާ ރައްޔިތުން ބައިވެރިވެދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ޖުލައި 2026

 

23 ޖުލައި 2026