ދެންނެވުން
ނަންބަރު: (IUL)384/384/2026/41
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:39
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭ
މި ކައުންސިލުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް އެދޭ ފޯމް 28 ޖުލައި 2026 ން ފެށިގެން މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މައުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމްތައް ބަލައި ނުގަންނާނެ ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޖުލައި 2026