ދިވެހިރާއްޖެ
އިޢުލާން
އިސްދޫ ބޮޑު މަގު ގުރީން އޭރިއާގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ:
މިކައުންސިލްގެ ނަންބަރ: (IUL)395-C/395/2026/44އިއުލާން ކެންސަލްކޮށް، އިއުލާން ކުރުން(.)
މިރަށުގެ ބޮޑުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާތީ، މަސައްކަތް ހަލުވިކަމާއެކު، ނުހުއްޓި ކުރިޔަށްދާނެގޮތަށް ކައުންސިލްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ. މިގޮތުން އިސްދޫ ބޮޑުމަގުގެ ދެފަރާތުގެ ގުރީން އޭރިއާގައި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށް ރުއްގަހުގެ ވެރިން ހޯދުމަށް މިހާރުވާނީ ރަތްކުލައިގެ ދަވާދުން ރުއްތަކުގައި 01 އިން 137 އަށް ނަންބަރު ޖަހާފައެވެ.
ވީމާ، ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓްކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. މި ތާރީޚުގެ ފަހުން، ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.