ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2026/93
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި:
12 އޮގަސްޓް 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ބޭނުންވާ އައިޓީ އިކްއިޕްމަންޓް ގަތުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިޢުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަމުގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތިވާނަމަ، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ބީލަމުގެ އަގަށް ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 12 އޮގަސްޓް 2026 ވަނަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު، ރަށްދެބައިހިނގުން، މާލެ ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
|
ޓެކްނިކަލް ސްޕެސިފިކޭޝަނާ ގުޅޭގޮތުން ނަމަ؛ |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނމަ؛ |
|
އައިޓީ ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345175, 3345123، 3345177 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 3345109, 33451483345110، 3345111 އީ-މެއިލް: [email protected] |
23 ޖުލައި 2026