ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުންކަނޑައަޅާ ސަރަހައްދުތަކެއް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
މިހޮސްޕިޓަލުން ކަނޑައަޅާ ސަރަޙައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުރުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މުލީ ރީޖަނަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ރަޖިސްޓްރީކުރުން ކުރިއަށްދާނީ 23 ޖުލައި 2026 އިން 02 އޮގަސްޓް 2026 ވަނަދުވަހުގެ 13:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭސަން ސީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ރެޖިސްޓްރޭސަން ފޯމް ހުށަހަޅުއްވައިގެންނެވެ.ރަޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކާއި މައުލޫމާތުސާފުކުރަން ހާޖިރުނުވާފަރާތް ތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.މިމަސައްކަތް ކުރުމަށް ސައުގުވެރިވާ ފަރާތްތަކުން 3 އޮގަސްޓް 2026ވާ ހޯމަދުވަހުގެ10:00ށް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭމައުލޫމާތުސީޓް ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ. މިމަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު 18/2014 ގެ ދަށުންރަޖިސްޓަރީވެފައިވާ ކުންފުނުތަކަށާއި އަދި އަމިށްލަފަރުދުންގެ ވިޔަފާރީގެގާނޫނު 19/2014ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6720633 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 06 އޯގަސްޓް 2026 ވަނަދުވަހު 10:00ގައި މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައި