ނީލަން
ނަންބަރު: 617-A/2026/3
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 05 އޮގަސްޓް 2026 11:00
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބައުތަކެތީގެ ނީލަންކިޔުން (ވ.ފުލިދޫމެޖިސްޓްރޭޓްކޯޓު)

ނީލަންކިޔުން

        މި ކޯޓުގެ ނަންބަރު 617-A/2026/2 (13 ޖުލައި 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީ، ދެވަނަ ފަހަރަށް އެ ތަކެތި ނީލަންކިޔުން 05 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 03 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

       ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 05 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

      ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖުލައި 2026