ދިވެހިރާއްޖެ
10 އޮގަސްޓް 2026 ދުވަހުން ފެށިގެން ރަށުގެ މިހާރުގެ ކުނިކޮށި އަލަށް ހެދިފައިވާ ކުނިކޮށްޓަށް ބަދަލުކުރާގޮތަށް ހަމަޖެހިފައިވާކަމަށާއި، އަދި އެކުނިކޮށި ބަލަހައްޓަމުން ގެންދާނީ ވެމްކޯގެ ފަރާތުން ކަމަށްވާތީ، އެދުވަހުން ފެށިގެން ކުނި އަޅަމުން ގެންދާނީ އާ ކުނިކޮށްޓަށް ކަމުގައި ދަންނަވަމެވެ. އަދި ކުނިކޮށްޓަށް ކުނިއުކާލެވޭނީ އެކުންފުނިން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކަމުގައި ވެސް ދަންނަވަމެވެ.
އަދި އެދުވަހުން ފެށިގެން ރަށުގެ ކުނީގެ ކުނިކޮށި ސަރަހައްދަށާއި އެހެން ދިމާލަށް ކުނި އުކާނުލުމަށްވެސް އަންގަމެވެ. އަދި ކުނިކޮށި ފިޔަވާ އެހެން ސަރަހައްދުތަކަށް ކުނި އަޅަމުންދާނަމަ ޤަވާޢިދާއި އެއްގޮތަށް އެފަރާތްތަކަށް ފިޔަވަޅު އަޅަމުންގެންދާނެ ކަމުގައިވެސް އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.