ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2026/64
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 05 އޮގަސްޓް 2026 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ - އޮޑިޓަރ ޖެނެރަލްގެ ބިއުރޯ، ޓްރޭނިންގ އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް

 

 ޑިރެކްޓަރ (ގްރޭޑް 1) 

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

އޮޑިޓަރ ޖެނެރަލްގެ ބިއުރޯ، ޓްރޭނިންގ އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް 

އަސާސީ މުސާރަ

-/15,500ރ.

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3,300ރ.

ސަރވިސް އެލަވަންސް:206/67ރ. (ދުވާލަކަށް)

ލިވިންގ އެލަވަންސް

-/3,500ރ.

ސްޕެޝަލް އެލަވަންސް

-/2000ރ.

ޕްރޮފެޝަނަލް އެލަވަންސް

މާސްޓާސް ހާސިލްކޮށްފައިވާނަމަ -/2,000ރ.

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1,000ރ.

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެެ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 
  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިނގުން.
  2. އޮޑިޓަރ ޖެނެރަލް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ކަންތައްތައް ރަނގަޅަށް އިންތިޒާމްކުރެވިފައިވޭތޯ ބެލުމާއި މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރަނގަޅަށް އިންތިޒާމް ވެފައިވޭތޯ ކަށަވަރުކުރުން.
  3. އޮޑިޓަރ ޖެނެރަލް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެހާ ކަންތައްތައް އިންތިޒާމުކުރުން. އަދި ބައިވެރިވާން ޖެހޭ ކަމުގައިވާނަމަ، ދަތުރުގައި އެންމެހައި އިދާރީ ކަންކަމެއް ބެލެހެއްޓުން.
  4. އޮފީހުގެ އެގްޒެކެޓިވް ކޮމިޓީ އަދި މެނޭޖްމަންޓް ކޮމިޓީގެ ބައްދަލުވުންތައް ރާވާ އިންތިޒާމްކޮށް ބައްދަލުވުންތަކުގައި ނިންމޭ ކަންތައްތައް ޙިއްސާކުރަންޖެހޭ ފަރާތްތަަކަށް ހިއްސާކުރުން.
  5. އޮޑިޓަރ ޖެނެރަލް އޮފީހުން ޤާއިމް ކުރަން ޖެހޭ ގުޅުންތައް ޤާއިމްކޮށް އެފަރާތްތަކާއި ދާއިމީ ގޮތެއްގައި ގުޅުން ބޭއްވުމަށް ކުރަންޖެހޭ ކަންތައްތައް ކުރެވޭތޯ ކަށަވަރުކުރުން.
  6. އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން އެހެނިހެން ޑިޕާޓްމަންޓް/ޔުނިޓްތަކާއި ކޯޑިނޭޓްކޮށްގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  7. އިންސްޓިޓީއުޓް އޮފް އޮޑިޓް އެންޑް އެޝުރަންސް އާއި، ސްޓޭކްހޯލްޑަރ ރިލޭޝަންސް ފަންކްޝަނުގެ މެންޑޭޓް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލުމާއި، އެކަން ތަންފީޒުކުރުން
  8. އޮފީހުގެ މުވައްޒަފުންނަށާއި އޮޑިޓް ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަތުމަށްޓަކައި ކޮންމެ އަހަރަކު ޓްރޭނިނގް ނީޑްސް އެނާލިސިސް ހަދާ ކޮންމެ އަހަރެއް ފެށުމުގެ ކުރިން ތަމްރީން ކަލަންޑަރ އެކުލަވާލުން.
  9. މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބަޖެޓް ތައްޔާރު ކުރުމާއި، ހޭދަކުރުމުގެ ކަންތައްތައް އިންތިޒާމްކޮށް ބެެލެހެއްޓުން.
  10. އައި. އޭ.އޭގެ އެންމެހާ ޕޮލިސީތަކާއި، ޓްރޭނިންގ ތަކުގެ ހާޟިރީ،  ޓްރޭނިންގ ފީޑްބެކް، ސެޓްފިކެޓް ދޫކުރާގޮތުގެ ރެކޯޑްސްތަކާއި، ޓްރޭނިންގގެ މެޓީރިއަލްސް ތަކާއި، ތަފާސް ހިސާބުތަށް ވަކި ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭން އިންތިޒާމް ހަމަޖެއްސުން.
  11. އައި.އޭ.އޭގެ ޕްރޮގްރާމްތަށް ހިންގައިދޭނެ، ފެސިލިޓޭޓަރުން ހޯދުމާއި، ތަމްރީނުދިނުމާއި، ފެސިލިޓޭޓަރުންގެ ރެކޯޑްތައް ބެލެހެއްޓުން. 
  12. ލައިބްރަރީގެ އިންވެންޓްރީ ބަލަހައްޓާ، ލައިބްރަރީގެ ޚިދުމަތްދިނުމާއި ލައިބްރަރީގެ ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.
  13. ޔުނިޓަށް ބޭނުންވާ އެސްއޯޕީ އަދި މެނުއަލްސް ފަދަ ލިޔެކިޔުން ތައްޔާރުކުރުމާއި އަންނަ ބަދަލުތަކާއި ގުޅިގެން އަދާހަމަކުރުމުގެ ކަންތައްތައް އިންތިޒާމްކުރުން.  
  14. އައި. އޭ.އޭގެ ދިގުމުއްދަތުގެ ޕްރޮގްރާމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލުކަމާއި، އެކްރެޑިޓޭޝަން ހޯދުން.
  15. ގުޅުންހުރި އެހެނިހެން ތަމްރީނުދޭ ފަރާތްތަކާއި އެކު ގުޅުން ބަދަހިކޮށް، އެގުޅުމުގެ ތެރެއިން އައި.އޭ.އޭ ގެ ޚިދުމަތް ކުރިއަރުވާ ވަޞީލަތްތެރި ކުރުމަށް މަސައްކަތް ކުރުން.
  16. އޮޑިޓަރ ޖެނެރަލް އޮފީހުގެ ސްޓޭކްހޯލްޑަރ ރިލޭޝަން އަދި ކޮމިއުނިކޭޝަން ޕޮލިސީ ތަންފީޒުކުރުން އަދި ސްޓޭކްހޯލްޑަރުންނާއި އޮންނަ ގުޅުން ކުރިއަރުވާ، ބަދަހިކުރުމަށް މަސައްކަތް ކުރުން.
  17. އޮޑިޓް އޮފީހަށް ޝަކުވާ ހުށަހެޅޭނެ ފަސޭހަގޮތެއް ތަޢާރަފުކުރުން، އަދި އެ ޝަކުވާތަކަށް އަމަލުކުރާނެ ގޮތުގެ ޕޮލިސީއެއް އެކުލަވާލައި، ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރުން.
  18. އޮޑިޓް ތަކުގައި އާއްމުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަށް މަސައްކަތް ކުރުން.
  19. އޮފީހުގެ ރަސްމީ ވެބްސައިޓަށް ބޭނުންވާ، ޚަބަރާއި މަޢުލޫމާތު އަދި އެހެނިހެން ލިޔެކިއުންތައް ތައްޔާރުކުރުމާއި ވެބްސައިޓް އަދާހަމަކޮށް ބެލެހެއްޓުމުގައި އައިސީޓީ ޑިޕާޓްމަންޓަށް އެހީތެރިވުން.
  20. މިއޮފީހުގެ މަސައްކަތްތަކާއި ބެހޭ ޚަބަރުތަކާއި، މައުލޫމާތު ސޯޝަލް މީޑިޔާގައި ހިއްސާކުރުމުގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.  
  21. މައުލޫމާތު ދިނުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ހިންގާ ތަންފީޒުކުރުން.
  22. ޑިޕާޓްމަންޓްގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  23. ޑިޕާޓްމަންޓްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  24. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5.ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6.ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބްޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3. ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

05 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. 

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348273 ނަންބަރު ފޯނަށެވެ

23 ޖުލައި 2026