ދެންނެވުން
ނަންބަރު: MBA/IUL/2026/18
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި:
23 އޮގަސްޓް 2026 16:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ޤަވާއިދަށް ގެނެވުނު އިޞްލާޙާ ގުޅޭ
މި އެސޯސިއޭޝަނުން 13 ޖުލައި 2026 ގައި ކޮށްފައިވާ "ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026 – ސްކޫލް އެޑިޝަން (އަންހެން އަދި ފިރިހެން ޑިވިޝަން)" ގެ އިޢުލާން ނަންބަރު MBA/IUL/2026/16 އާއެކު ޝާއިޢުކޮށްފައިވާ މުބާރާތުގެ ޤަވާއިދުގެ ޖަދުވަލު 1 ގެ ނޯޓުގައި ލިޔުމުގެ ކުށެއް އިނުމުގެ ސަބަބުން، އެ ކުށް ރަނގަޅުކޮށް އެ މާއްދާ އިޞްލާޙުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި އިޞްލާޙާއެކު މުބާރާތުގެ ޤަވާއިދު އަލުން ޢާންމުކޮށް އިޢުލާން ކުރީމެވެ. މިކަމާ ގުޅިގެން މުބާރާތުގައި ބައިވެރިވާ ކްލަބް/ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެންމެހާ ފަރާތްތަކުން އިޞްލާޙު ކުރެވިފައިވާ ޤަވާއިދަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
23 ޖުލައި 2026