ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2026/37
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 01 އޮގަސްޓް 2026 23:59
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސެކިއުރިޓީ އޮފިސަރ

        ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ސެކިއުރިޓީ އޮފިސަރ

ރޭންކް:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓް

 އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް

ބޭނުންވާ ޢަދަދު:

 4

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައިވުން، ނުވަތަ 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައިވުން،  ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަލާމަތީ ޚިދުމަތުގެ ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވަޒީފާގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެހުރި ވެރިއެއްގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން،
  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެހުރި ވެރިއެއްގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިސްކުރާގެ އާއި މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، މަޖިލީހާއި މަޖިލީހުގެ އިދާރާގެ ކަރާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހިފަހަންޓަންޖެހޭ ހަމަތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.

މަޤާމާ ގުޅޭ ޚާއްޞަ ޝަރުތު އަދި ޝަރުތުހަމަވާފަރާތްތައް ޝޯޓްލިސްޓްކުރުމަށް ހަމަޖެހިފައިވާގޮތް:

  • މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތައް ކަމުގައި ބަލާނީ މަޤާމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ މީހެއްކަމަށް ވުމާއެކު، ފިރިހެންނަމަ އިސްކޮޅުގައި ދަށްވެގެން 5 ފޫޓް 4 އިންޗި ހަމަވާ ނުވަތަ އަންހެނެއްނަމަ އިސްކޮޅުގައި މަދުވެގެން 5 ފޫޓް ހަމަވާ ފަރާތްތަކެވެ.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި ކޮށްފައިވާ ޚިދުމަތް ކަމުގައި ބަލާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންޓަނަލް ސެކިއުރިޓީ އެންޑް އެސްކޮޓް ސަރވިސަސް، ޤައުމީ ދިފާޢީ ބާރު، ދިވެހި ފުލުހުންގެ ޚިދުމަތް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އަދާ ކޮށްފައިވާ ޚިދުމަތަށެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި އިދާރާއިން ދޭ ޕްރެޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމަށް 25%، ތަޖުރިބާ އަށް 15%، ތިއަރީ ޓެސްޓަށް 20% ދިނުމުން އެންމެ ގިނަ މާކްސް ލިބޭ 20 ފަރާތެވެ. އިންޓަވިއުއަށް ކަނޑައެޅިފައިވަނީ %40 އެވެ.

އަސާސީ މުސާރަ:

  • މަހަކު 6،550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ހަމަޖެހިފައިވާ އުސޫލުން 4،400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

1 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މިއިދާރާގައި މަސައްކަތްކުރާކަމުގެ ތަޖުރިބާގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެ)

 

22 ޖުލައި 2026