ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2026/228
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 03 އޮގަސްޓް 2026 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

އިއުލާން

މަގާމު:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަގާމުގެ ނަންބަރު:

J-432798

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 7- ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭތަން:

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ،މާލެ.

މުސާރަ:

މަހަކު 9,845.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 4,595.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް 125.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

1.       މިނިސްޓްރީ، އެމް.އެން.ޑީ.އެފް، އެމް.އެޗް.އެސް، އެން.ސީ.ޓީ.ސީ ގެ ސިވިލް އަދި ކޮންޓްރެކްޓް މުވައްޒަފުންގެ މުސާރަ ހެދުމަށް ސެޕް ސިސްޓަމްގެ ސްޓޭޓަރސް އަޕްޑޭޓްކުރުމުގެ އިތުރުން އެ މުވައްޒަފުންގެ އެލަވަންސް ޝީޓް ހެދުމާއި، މުސާރައާބެހޭ މަސައްކަތްތަކާއި، ނޭޝަނަލް ސަރވިސް ފުރިހަމަކުރާ ފަރާތްތަކުގެ އެލަވަންސް ރިޕޯޓް ހެދުމާއި، ނޮވެންބަރު 3 ގެ ހާދިސާއާގުޅިގެން އެލަވަންސް ދެވޭ މީހުންގެ ރެކޯޑްތައް މަހުން މަހަށް ޗެކްކޮށް ހެދުން.

 

2.       މިނިސްޓްރީ މުވައްޒަފުންގެ ޗުއްޓީ ރެކޯޑްތައް ޑިފެންސް އެޗް.އާރު ސިސްޓަމުން ބެލެހެއްޓުމާއި، ހާޒިރީއާގުޅިގެން ފިޔަވަޅު އަޅަންޖެހޭ އަދި ލުއިދެވޭ މުވައްޒަފުންގެ މަޢްލޫމާތު އަޕްޑޭޓްކުރުމާއި، ވަކިވާ މުވައްޒަފުންގެ އަހަރީޗުއްޓީގެބާކީ ހުރިތޯބަލާ، ޗުއްޓީބާކީހުރިނަމަ،  ފައިސާ ދިނުމަށްޓަކައި ރިޕޯޓްތައްޔާރުކޮށް ކަމާބެހޭ މުވައްޒަފާ ހަވާލުކުރުން.

 

3.       މުވައްޒަފުން ހޯދުމަށް މިނިސްޓްރީން ކުރާ އިއުލާންތަކާގުޅިގެން ސިވިލް ސަރވިސްގެ ވަޒީފާއަށްއެދި ހުށަހަޅާ ފޯމްތަކާ ހަވާލުވެ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް ފޯމުގައިވާ މަޢުލޫމާތު ޗެކްކޮށް، A2 ފޯމް ފުރިހަމަކުރުމާއި، ފޯމާއެކު ހުށަހަޅި ސެޓްފިކެޓްތަކުގެ ތެރެއިން އެމް.ކިޔޫއިން ފެންވަރު ބަލަންޖެހޭ ސެޓްފިކެޓްތަކުގެ ފެންވަރު ބެލުމާއި، ވަޒީފާއަށް އެދުނު ފަރާތްތައް ގަވާއިދު ޝޯޓްލިސްޓް ކުރުމާއި، ޝޯޓްލިސްޓު ނުވާ ފަރާތްތަކަށް ޖަވާބު ދިނުމާއި، އިންޓަރވިއު ޕްރޮސެސް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންޓަރވިއު ނިމުމުން، ޕެނަލިސްޓުންގެ މާކްސްތައް A2 ފޯމަށް އަޅާ ފައިނަލްކުރުމަށްފަހު، ވެބްސައިޓްގައި ޝާޢިއުކުރުމަށް ހަވާލުކުރުމާއި، ޝަކުވާ ހުށަހަޅާ ފަރާތަތަކަށް ޖަވާބުދާރީވުމާއި، ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އެކަން އެންގުމާއި، ވަޒީފާއަށް ހޮވުނުފަރާތައް ވަޒީފާ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

4.       ސިވިލް ސަރވިސް ވަޒީފާއިން ވަކިވާންއެދޭ މުވައްޒަފުންގެ މަޢުލޫމާތު ޗެކްކޮށް، ކަމާބެހޭ ޔުނިޓް/ސެކްޝަންތަކަށް އެންގުމާއި، މުވައްޒަފަށް ޖަވާބު ދިނުމާއި، ވަޒީފާއިން ވަކިކުރުމަށް ސީ.އެސް ވިއުގައިން ޑޭޓާ އެންޓަރކޮށް ފޮނުވުމާއި، ވަޒީފާއިން ވަކިކުރުމުން، ވަކިކުރިކަން ޔުނިޓް/ސެކްޝަނަށް އެންގުމާއި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެކުރިން  ޕީ.އޭ މަސައްކަތް ނިންމުމަށާއި، އަހަރީޗުއްޓީ ބާކީ ރިޕޯޓް ފޮނުވުމަށް އައި.އެޗް.ކިޔޫ އަށް އެންގުމަށާއި، އަދި ވަޒީފާއިން ރިޓަޔަރ ކުރާ މުވައްޒަފުންގެ އިނާޔަތްތައް ހިސާބުކޮށް ވިއުގައަށް އެންޓަރކުރުން.

 

5.       ގާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސްގެ ގާނޫނު) ގެ ދަށުން މުވައްޒަފުންގެ ހާޒިރީ ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، ކޮންމެ މަހަކު މިނިސްޓްރީ މުވައްޒަފުންގެ (ސިވިލް/ޕޮލިޓިކަލް) ހާޒިރީ ރިޕޯޓާއި، ގަޑީލާރި ރިޕޯޓް އަދި ހުއްދަ ދީފައިވާ އިތުރުގަޑީގެ ޝީޓްތައް ޗެކްކުރުމާއި، ޕީ.އެސްގެ ހާޒިރީ ރެކޯޑް ކޮންމެ މަހަކު ސިވިލް ސަރވިސް ކޮމިޝަނަށް މެއިލް ކުރުން.

 

6.       މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާ ސިސްޓަމް ކޮންމެދުވަހަކު ބަލާ، ފިޔަވަޅު އަޅަންޖެހޭ ކަންތައްފާހަގަކޮށް އެކަމެއް ހައްލުކުރުމަށާއި، ކުރީދުވަހުގެ ހާޒިރީގައިހުރި މައްސަލަތައް ޖެހިގެންއަންނަ ދުވަހު ނިންމުގެ އިތުރުން މިނިސްޓްރީއާއި ޔުނިޓްތަކުގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންގެ ރެކޯޑްފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

7.       މިނިސްޓްރީގެ މުވައްޒަފުން އެކިބޭނުންތަކަށް ބޭނުންވާ ލިޔުން ހޯދުމަށް ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން. (އޭގެތެރޭގައި ވަޒީފާ އަދާކުރި/ އަދާކުރާކަމުގެ ލިޔުން، ބޭންކް އޮފް މޯލްޑިވްސް/އިސްލާމިކް ބޭންކް ފަދަ ތަންތަނުން ލުއިލޯން ނެގުމަށް ބޭނުންވާ ލިޔުމުގެ އިތުރުން އެސްޓީއޯ އިން ކްރެޑިޓް ސްކީމަށް މުދާނެގުމަށް ބޭނުންވާ ލިޔުން)

 

8.       ސީ.އެސް ވިއުގަ 2.0 ގެ ޑާޓާ އެންޓްރީ ރޯލް އަދާކުރުން.

 

9.       މިނިސްޓްރީއާއި ދާއިރާގެ އޯގަނައިޒޭޝަން ސްޓްރަކްޗަރ ހެދުމާއި ބަދަލުގެނައުން ފަދަ މަސައްކަތްތަކުގެ އިތުރުން ދާއިރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން.

10.    މިނިސްޓްރީގެ ވަޒީފާ ހަމަޖައްސާ މުވައްޒަފުންގެ އޮފީސް ކާޑާއި، މަސައްކަތް ކުރުމަށް ބޭނުންކުރާ ސިސްޓަމްތަކަށް (އީ-މެއިލް،ޖެމްސް،އީ-އެޑްމިންފަދަ) އެކްސެސް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. އަދި ވަކިވާ މުވައްޒަފުންގެ އެކްސެސް ކަނޑާލުމަށްކުރަންޖެހޭ މަސައްކަތްތައްކުރުން.

11.    މިނިސްޓްރީ މުވައްޒަފުންގެ އައިޑީކާޑު، ވަޒީފާ ބަޔާން،އަދި ވަޒީފާގެ އެއްބަސްވުންތަކާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ސީ.އެސް ވިއުގައަށް އަދާހަމަކުރުން.

މަގާމުގެ ޝަރުތުތައް:

އެޑްމިނިސްޓްރޭޝަން، އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް، ބިހޭވީރިއަލް އެންޑް އޯގަނައިޒޭޝަނަލް، ސައިކޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް ލީޑަރޝިޕް، ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް، ހިއުމަން ޑިވެލޮޕްމަންޓް، ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް، ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް އެންޑް އޮގަނައިޒޭޝަނަލް ބިހޭވިއަރ، ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ، ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް، ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް، ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް، ހިއުމަން ޓެލަންޓް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް، ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް، މެނޭޖްމަންޓް، މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް، މެނޭޖްމަންޓް ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް، އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަރސަނަލް މެނޭޖްމަންޓް، ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ، ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ވަރކް ސައިކޮލޮޖީ، ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް، ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

 

 

މަގާމުގެ މަސައްކަތު ދާއިރާ

1. ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން

2. އޮގަނައިޒޭޝަނަލް ބިހޭވިއަރ

3. ޕަރފޯމަންސް މެނޭޖްމަންޓް

4. އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ވުޒާރާގެ ww.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން،

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          އަސާސީ ޝަރުތު ހަމަވުން                         %30

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު          %5

-          ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  %5

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ          %5

-          އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)            %20

-          އިންޓަރވިއު                                  %35

ނޯޓް:

1-       މަގާމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކަށް ޖުމްލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2026 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި މި ވުޒާރާ އަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިވުޒާރާ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޮގަސްޓް 04 އާ 11 އާ ދެމެދު، ދިފާޢީ ވުޒާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި  އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން.

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

22 ޖުލައި 2026