ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407 -CA407/407/2026/11
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 04 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި، ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

 

އިޢުލާން

 

މިރަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި، ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

 

ގއ. ވިލިނގިލިން ބަންޑާރަ ގޯތި ދޫކުރުމަށް 31 ޑިސެމްބަރ 2024 ގައި ކުރެވުނު ނަންބަރު (IUL)407/407/2024/66 އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓު 17 އޮގަސްޓް 2025 ގައި ވަނީ އާންމުކޮށްފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކޮށް، ގޯތި ދޫކުރުމުގެ އުޞޫލުގެ 21 ވަނަ މާއްދާގެ (ހ) އާއި 19 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ނަން އުނިކޮށް މިހާރު ވަނީ ވަގުތީ ލިސްޓު އަލުން ތަރުތީބުކުރެވިފައެވެ.

ވީމާ، އަލުން އިޞްލާޙުކޮށް އާންމުކޮށްފައިވާ މި ލިސްޓާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، 04 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ފޯމު ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

 

 

 

 

22 ޖުލައި 2026