ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާ
މާލެ، ދިވެހިރާއްޖެ
އިޢުލާން
ގައުމީ އަސާސީ ބޭހުގެ ލިސްޓަށް އަމަލުކުރުމާ ގުޅޭ
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދު ނުކެނޑި ލިބެން ހުންނަކަން ކަށަވަރު ކުރުމަކީ މިއޮޓޯރިޓީގެ ޤާނޫނީ ޒިންމާއެކެވެ. އެގޮތުން، ފާރމަސީ ތަކުގައި ބެހެއްޓުމަށް ލާޒިމް ކުރާ އަސާސީ ބޭހުގެ ލިސްޓް މުރާޖާކޮށް ވަނީ އަދާ ހަމަކޮށްފައެވެ.
މި ލިސްޓް ގިންތި ކުރެވިފައިވަނީ 2 ގްރޭޑަކަށް ކަމުގައިވާއިރު، ހުރިހާ ފާރމަސީއެއް ގައިވެސް އެގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން %80 ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި ފާރމަސީ ގިންތި ކުރެވިފައިވާ ގޮތުގެ ތަފްސީލް، 'ގައިޑުލައިން އޮން މިނިމަމް ރިކުއަރމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާރމަސީ" ގައި ތަފްސީލް ކޮށްފައިވާނެއެވެ.
މި ގައިޑްލައިން، މި އޮތޯރިޓީގެ ވެބްސައިޓާއި، ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ވެބްސައިޓް އަދި ދިރިތި ޕޯރޓަލުގެ ޕަބްލިކޭޝަން އިން ލިބިވަޑައިގަންނަވާނެއެވެ.
މިބަދަލާއި އެކު މިހާރު ހިންގަމުންގެންދާ ފާރމަސީތައް، ގިންތި ކުރެވިފައިވާ ގްރޭޑާއި އެއްގޮތަށް ހުރިހާ ބޭހެއް މިއަދުން ފެށިގެން 06 މަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަ ޖައްސަވަންވާނެއެވެ. އަދި އަލަށް ހުޅުވާ ފާރމަސީ، ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާރމަސީ ގައި ބަހައްޓަން ޖެހޭ ބޭސް ހަމަ ކުރުމުން ކަމުގައި ދެންނެވީމެވެ.
މިކަމާއި ގުޅޭ އިތުރު ތަފުސީލު މި އޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިނުން 7200321 ލިބިވަޑައިގަންނަވާނެއެވެ.