ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2026/85
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 30 ޖުލައި 2026 10:30
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން

އިޢުލާން

    ރައްޔިތުންނާ ބައްދަލުކުރުން

       ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތިނަދޫ ސިޓީ ކައުންސިލުން 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ހިންގި ޙަރަކާތްތަކާއި ލިބުނު ޢާމްދަނީއާއި ކުރެވުނު ޚަރަދުގެ ތަފްޞީލް ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ ބައްދަލުވުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

       ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ތިނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                     
                            08 ޞަފަރު 1448

22 ޖުލައި 2026