ދިވެހިރާއްޖެ
08 ގެވަޅުބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ނ.މާފަރު އުތުރުފަރާތަށް ބަދަލުކުރުމަށް ނިންމާފައިވާ 08 ގެވަޅުގެ ސަރަހައްދުގައިވާ ގަސްތައް ކޮށައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި އިއުލާނާއެކު އެޓޭޗްކޮށްފައިވާ ކުރެހުމުގައިވާ ސަރަހައްދު ސާފުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަސައްކަތް ކޮށްދޭނެ އަގާއި މުއްދަތު އަންގައިދޭ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ބޭނުން ވާނަމަ މި 9893131 އަށް ގުޅުވުންއެދެމެވެ.
ކޯޓޭޝަނަށް ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.