ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)349-A/2026/20
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:21
އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ޖުލައި މަހުގެ ޢާންމު ޖަލްސާ ބޭއްވުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު: 7/2010) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޖުލައި މަހު ބާއްވާ ބައްދަލުވުން، 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި، ކުނބުރުދޫ ޕްރީސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ހުށަހެޅުމާއި، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި މަސައްކަތު ތާވަލް ހިއްސާކުރުމާއި އަދި ރައްޔިތުންގެ ހިޔާލު ހުށަހެޅުމާއި ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުމަށް ކުނބުރުދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
22 ޖުލައި 2026