ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)221-LMI/221/2026/23
އިޢުލާން
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރުކަމުގެ މަޤާމަށް، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާތީ، "ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލު" ގެ 21 ވަނަ މާއްދާގެ ދަށުން އެ މަޤާމަށް ކުރިމަތިލެއްވި ކެންޑިޑޭޓް އިންތިޚާބުވެ، އެ މަޤާމަށް ވޯޓުލާން ނުޖެހޭތީ، މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)221/221/2026/16 އިން ޢާންމުކުރި B9.1، Q1.1 ،S1.1 އަދި T1.1 ނަންބަރު ވޯޓުފޮށިތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓްތައް ބާޠިލުކޮށް، އެ ލިސްޓުން ސިޓީ ކައުންސިލްގެ މެންބަރުން އުނިކުރުމަށްފަހު ބަދަލުގެނެވިފައިވާ ދާއިމީ ލިސްޓްތައް މި އިޢުލާނާއެކު ޢާންމުކުރީމެވެ. އަދި މި ބަދަލާ ގުޅިގެން ނަންބަރު R1.1 (ފުވައްމުލަކު ސިޓީ ކައުންސިލު ގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ) ވޯޓުފޮށްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ އެންމެ މެންބަރަކަށް ކަމަށްވާތީ، އެ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމުމާއި ގުޅީގެން، އެ މެންބަރުގެ ނަން މާލޭ ސިޓީގައި ބެހެއްޓޭ T1.1 ނަންބަރު ވޯޓުފޮށްޓަށް ބަދަލުކޮށް، އެ ފޮށްޓަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އިޞްލާޙުކުރެވިފައިވާ ދާއިމީ ލިސްޓް ވެސް މި އިޢުލާނާއެކު ޢާންމުކުރީމެވެ.
މީގެ އިތުރުން، ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އަލަށް އިންތިޚާބުވި މެންބަރުގެ ނަން ހިމަނައި، J3.1 ނަންބަރު ވޯޓުފޮށްޓަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އިޞްލާޙުކުރެވިފައިވާ ދާއިމީ ލިސްޓް ވެސް މި އިޢުލާނާއެކު ޢާންމުކުރީމެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން ހަވީރު 16:00 އަށެވެ.