ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު (މާލެ) ގައި 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ތިރީގައި މި ދަންނަވާ ކޯސްތަކަށް ފޯމު ހުށައެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
|
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) |
|
|
ޤިރާއަތު ސެޓްފިކެޓް 2: (13:00-15:30) |
|
|
ޤިރާއަތު ސެޓްފިކެޓް 3: (9:30-12:00) |
|
|
ޤިރާއަތު ސެޓްފިކެޓް 4: (9:30-12:00) |
|
ޝަރުތު
|
ކޯސް |
ޖެނަރަލް އެންޓްރީ ކްރައިޓީރިއާ |
އޮލްޓަރނޭޓިވް އެންޓްރީ ކްރައިޓީރިއާ |
|
ޤިރާއަތު ސެޓްފިކެޓް 2 |
ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 1 ހާސިލުކޮށްފައި އޮތުން. |
- |
|
ޤިރާއަތު ސެޓްފިކެޓް 3 |
ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 2 ހާސިލުކޮށްފައި އޮތުން.
|
ޙާފިޡްކަމުގެ ސަނަދު އޮވެފައި، އެމް.ކިޔު.އޭ. ގެ އެންޓްރީ "ކްރައިޓީރިއާ ފޮރ އެމް.އެން.ކިޔު.އެފް ކޮލިފިކޭޝަންސް" ގައިވާ އެންމެ ދަށް މިންގަޑަށް ފެތި (އުމުރުން 18 އަހަރު ފުރިފައިވުމާއެކު، ކިޔަވާ ބަހަކުން މުޢާމަލާތުކުރަން އެނގުން) އަދި ދެވޭ އިމްޙާނަކުން ފާސްވުން. |
|
ޤިރާއަތު ސެޓްފިކެޓް 4 |
"އިސްލާމް" މި މާއްދާ ހިމެނޭގޮތަށް ދަށު ސާނަވީގެ 3 ފާސް އޮތުން. ނުވަތަ، ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 3 ހާސިލުކޮށްފައި އޮތުން. |
- |
ކޯހުގެ މުއްދަތު
|
ކޯސް |
މުއްދަތު |
|
ޤިރާއަތު ސެޓްފިކެޓް 2 |
15 ހަފްތާ |
|
ޤިރާއަތު ސެޓްފިކެޓް 3 |
26 ހަފްތާ |
|
ޤިރާއަތު ސެޓްފިކެޓް 4 |
1 އަހަރު |
މި ކޯސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް https://portal.nchq.gov.mv/ މެދުވެރިކޮށް 23 ޖުލައި 2026 ގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.