ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)300-EC/300/2026/37
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 29 ޖުލައި 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ސާފުކުރުމާއި ބެހޭ

ޢިއުލާން

އިޖުތިމާޢީ ސަރަހައްދު ސާފުކުރުމާއި ބެހޭ    

 މިހާރު ސާފުކުރަމުންދާ އިޖްތިމާޢީ ސަރަހައްދުގެ ތެރެއިން 2 ގޮޅި ދޫކޮށްލުމާއިގުޅިގެން، ބަނދަރު އުތުރުގޮޅި ( ތެޔޮ ބިމާއި އިންވެގެން ކުރިމަތި) އަދި ކައުންސިލު އިދާރާގެ އުތުރުމަގު ގޮޅި ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން ގޮޅިތައް ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ސިޓީ ފޮނުވުން އެދެމެވެ.

ޝަރުތު:

  • 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ މީހެއްކަމުގައިވުން
  • އަމިއްލަނަމުގައި ބޭންކު އެކައުންޓެއް އޮތް މީހަކު ކަމުގައިވުން

ގޮޅިތަށް ދޫކުރަން ހަމަޖެހިފައިވަނީ ޝަޢުޤުވެރިކަންފާޅުކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އަދި ގުރުއަތުން ދިމާވާގޮޅި ބަދަލުކުރަން ބޭނުންނަމަ ދެފަރާތްއެއްބަސްވެ އެކަން ހުށަހެޅުމުން ބަދަލުކޮށްދެވޭނެއެވެ. މިގޮތަށް ބަދަލުކުރެވޭނީ ގުރުއަތުލުން އޮންނަ ދުވަހުއެވެ.

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ފޮނުވާ ސިޓީ އުރާގެ ބޭރުގައި   " އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2026