ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)221-LMI/221/2026/22
އިޢުލާން
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026
ކެންޑިޑޭޓުންގެ މަންދޫބުން ޢައްޔަން ކުރުމަށް ފުރުޞަތު ހުޅުވާލުން
2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓުގެ މަންދޫބުން ޢައްޔަން ކުރުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ މިއަދުން ފެށިގެން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ކުރިން މި އޮތޯރިޓީގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި އޮތޯރިޓީއަށް ޙާޟިރުވެ ފޯމު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.
ޙާޟިރުވެގެން ފޯމު ހުށަހަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ) އަށެވެ. އޮތޯރިޓީއަށް ޙާޟިރުވެގެން ފޯމު ހުށަހެޅޭނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށެވެ. ޙާޟިރުވެގެން ފޯމު ހުށަހަޅާނަމަ 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންވާނެއެވެ.
މަންދޫބަކަށްވުމަށް ކުރިމަތިލާ ފަރާތެއްގައި ހުންނަންޖެހޭ ޝަރުޠުތައް
އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.
1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
2. އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަން ކޮމިޓީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
3. އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހެއްކަމުގައި ނުވުން.
މަންދޫބުން ޢައްޔަން ކުރުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު - މަންދޫބުން ޢައްޔަނުކުރުމަށް އެދޭ ފޯމު.
- ކެންޑިޑޭޓްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސްގެ ކޮޕީ.
- މަންދޫބުގެ ގޮތުގައި ކުރިމަތިލާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސްގެ ކޮޕީ.
- މަންދޫބުގެ ގޮތުގައި ކުރިމަތިލާ ފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި).
ކެންޑިޑޭޓުންގެ މަދޫބުން ޢައްޔަން ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން
- މި އިންތިޚާބުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާނީ، ކެންޑިޑޭޓުންނެވެ.
- ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރެވޭނީ، ކޮންމެ ކެންޑިޑޭޓަކަށްވެސް އެމީހެއްގެ މަސްލަހަތު އޮތް ކޮންމެ ވޯޓުލާ މަރުކަޒަކަށް 1 (އެކެއް) މަންދޫބެވެ.
- ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަޙައްދުގައި ނުވަތަ ވޯޓު ގުނާ ތަނުގައި ހަރަކާތްތެރިވާއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކަނޑައަޅާ ފާހެއް، އެ މީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ.
- އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، ގަވާއިދު ނަންބަރު R-48/2020 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ ޖަދުވަލު 4 ގައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު10:00ން ހަވީރު 16:00 އަށެވެ.